ads
ޕްރޮފެސާ އުގެއިލް-- ފޮޓޯ: ވަގުތު
އިންޑިއާއަށް ބަރޯސާވެގެން ރާއްޖެއަށް ތަރައްގީއެއް ނާންނާނެ: އުގެއިލް
އިންޑިއާއަށް ބަރޯސާވެގެން ރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިފަދައިން ވިދާޅުވެފައި މިވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ގާއިމުކޮށްފިނަމަ މުޅި އުތުރާއި ރާއްޖެއަށްވެސް ތަރައްގީ އަންނާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އުގެއިލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށާއި، ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ. ނުވަތަ އިންޑިއާ ފަދަ ގައުމަކަށް ބަރޯސާވެގެން އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ އުގެއިލް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި އެއީ އިލްމީ ވާހަކައެއް ކަމަށް ވިދާޅުވިއެވެ.

ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހެދުމަށް ފަހު އެއުވާލުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި އެ އުވާލެވޭނެ ހަމައެކަނި ގޮތަކީ އެގައުމަކާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން އެއްކޮށް ކަނޑާލައިގެން ކަމަށް އުގެއިލް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އެގައުމުގެ ކެބިނެޓުން ނިންމާފައިވާއިރު މިކަމާ ގުޅޭގޮތުން ރާއްޖޭގެ ސަރުކާރުން އައި ގޮތެއް ނުނިންމައެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުން ތަރައްގީ އަންނާނެ ކަމަށް ރައީސް ނަޝީދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް