ads
މއ.މޯނިންވިއުގައި ހިނގި މި ހާދިސާގެ ތެރެއިން:---
އަލިފާނުގެ ހާދިސާއާ ގުޅިގެން ބަދަލުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހަރަދުވާނެ
މިދިިޔަ މަހު މއ. މޯނިންވިއުގައި ހިނގި މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މއ. މޯނިންވިއު ގޭގައި މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 34 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަދި މިވަގުތުވެސް 14 ފަރާތެއް ވަގުތީ ހިޔާގައި އެބަތިބި ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމާއި ރިލީފް އެހީގެ އެސެސްމަންޓުން ދައްކާގޮތުން ގެއްލުން ލިބުނު ފަރާތްތަކަށް ޒަރޫރީ އަންނައުނު ހޯދުމަށް ޖުމްލަ 46،000 ރުފިޔާގެ އެހީ ވަނީ ދީފައެވެ. އަދި އެސެސްމެންޓު ހެދި އަށް ގޭބީސީއަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޖުމްލަ 705،093 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

އޭގެ އިތުރުން ގެ މަރާމާތު ކުރާ މުއްދަތުގައި ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި އާއިލާތަކަށް ރިލީފް އެހީ ފޯރުކޮށް ދިނުމަށާއި އަދި ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ޖުމްލަ 1,279393 ރުފިޔާ ހަރަދުވާނެ ކަމަށް އެންޑީއެމްއޭގެ އެސެސްމަންޓުން ދައްކައެވެ.

މއ. މޯނިންވިއު ގޭގައި ހިނގި ހާދިސާގައި އެ ގޭގެ ހުޅަނގު ފަރާތު އިމާރާތްވަނީ ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައެވެ. އެހެންނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް