އަންނަ މެއި މަހުގެ ތެރޭގައި ބޮލީވުޑު މަޝްހޫރު އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ އަދި ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެނިކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

Advertisement
އަންނަ މެއި މަހުގެ ތެރޭގައި ބޮލީވުޑު މަޝްހޫރު އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ އަދި ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެނިކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި މެއި މަހުގެ ތެރޭގައި ވަރުންގެ ކައިވެނި އޮންނާނީ އިންޑިއާގެ ގޯއާގަ އެވެ. އެގޮތުން ކައިވެނީގެ ހަފުލާ އޮންނާނީ ލަގްޒަރީ ހޮޓަލެއް ނުވަތަ ބީޗްގައި ކަމަށް ވެއެވެ.
ނޫސްތަކުން ބުނާ ގޮތުގައި މި ކައިވެނި އޮންނާނީ މީގެ އަށް އަހަަރު ކުރިން ވަރުންގެ ބޭބެ ރޯހިތުގެ ކައިވެނި ގޯއާގައި ބޭއްވި ގޮތަށް ވަރަށް ކުލަ ގަދަ ކޮށެވެ. މިއީ ރަންވީރު ސިންގްއާއި ދީޕިކާ ޕަޑުކޯންގެ ކައިވެނި ގޮތަށް ސިއްރުން ކުރެވޭ ކައިވެންޏެއް ނޫން ކަމަށް ވެއެވެ.
ނަތާޝާ އާއި ވަރުންނަކީ ކުޑައިރުގެ ގާތް ދެ ރަހުމަތްތެރިން ވެސް މެއެވެ. އެ ދެމީހުން އަތުގުޅުވާލައިގެން އެތައް ފަހަރަކު އާއްމުންގެ ތެރެއަށް ނިކުމެފައިވާއިރު އެދެމީހުން ވަނީ ބޮލީވުޑުގެ ޕާޓީތަކާއި ޗުއްޓީ ދަތުރުތަކަށް ވެސް އެކުގައި ގޮސްފައެވެ.
"މެއިން ތޭރާ ހީރޯ" އާއި "ދިލްވާލޭ" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރުން އެންމެ ފަހުން ފެނިފައިވަނީ "ކަލަންކް" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައި ނުވާއިރު ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސްޓްރީޓް ޑާންސާ" އިންނެވެ.