
ނުޒޫގެ ގިނަ ފިލްމުތަކެއް މިހާރު ދިވެހިންގެ މެދުގައި މަގުބޫލުވެފައި ވާއިރު، ގިނަ ބަޔަކަށް ނުޒޫގެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ "ނޯޓި 40" އިން އެވެ. އޭގެ ފަހުން ނުޒޫ ކުޅުނު ފިލްމެއް ކަމުގައިވާ "ބަވަތި" ވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.
ނޫހަކަށް ދިން އިންޓަވިއުއެއްގައި އެންމެ ފަހުން ޝޫޓުކުރި އެއް ފިލުމު ކަމުގައިވާ "ނީނާ" އާ ބެހޭގޮތުން ނުޒޫ ބުނީ ނީނާ އަކީ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށެވެ. ނީނާ ކުޅުނު ގަޑީގައި އެ ކެރެކްޓާ ވަރަށް ބޮޑަށް ފީލް ކުރެވިގެން ރޮވުނު ކަމަށާއި، ނުޒޫއަށް އެކަހަލަ ކަމެއް ދިމާނުވުމުން ޝުކުރުވެރިވާ ކަމަށް ނުޒޫ ބުންޏެވެ.
އެގޮތުން ފިލްމީ ދާއިރާގައި މިހާތަނަށް ކުރެވުނު އެންމެ ތަފާތު މަސައްކަތަކީ "ނީނާ" ގެ މަސައްކަތް ކަމަށާއި، ނީނާގެ ރޯލު ކުޅުމަށް މީހާގެ އަސްލު ކެރެކްޓާ އެއްކޮށް ބަދަލުކޮށްލަން ޖެހުނު ކަމަށް ނުޒޫ ބުންޏެވެ.
ނީނާ ފިލްމު ބަލައިލާފަ ކޮންމެ މީހަކަށްވެެސް ކަމުދާނެ ކަމުގެ ގެރެންޓީ އެބަ އޮތް ކަމަށް ނުޒޫ ބުންޏެވެ. އަދި އެ ފިލްމަކީ މުޅި މުޖްތަމައުއަށް ހަދާފަ އިން ފިލްމެއް ކަން ފާހަގަކުރިއެވެ.
ނީނާގެ ޝޫޓިން ނިމި ޓްރެއިލާ ވަނީ ރިލީޒްކޮށްފައެވެ.