ads
ސުޝާންތު---
ޝުޝާންތުގެ އެޕާޓުމެންޓު ކުއްުޔަށް ދެނީ
ނިމުނު 2020ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މުޅި ބޮލީވުޑް ހިލުވާލީ މަޝްހޫރު އެކްޓަރު ސުޝާންތު ސިން ރާޖްޕޫތު މުމްބާއީގައި އޭނާ ދިރިއުޅޭ ގޭގައި ދަންޖެހިފަ ހުއްޓާ ފެނުނު ހިސާބުންނެވެ.

އިއްޔެ އެމަރަށް އެއް އަހަރު ފުރިގެންދިޔައިރު، އޭނާގެ މުމްބާއީގައި ދަންޖެހިފަ ހުއްޓާ ފެނުނު އެ އެޕާޓުމެންޓު މިހާރު ވަނީ ކުއްޔަށް ދޫކުރަން ނިންމާފައެވެ.

އެ އެޕާޓުމެންޓުގެ ވެރިޔާ ބުނެފައިވަނީ އެ އެޕާޓުމެންޓު ދޫކޮށްލާނެ އަގަކީ މަހަކަށް ހަތަރު ލައްކަ އިންޑިއަން ރުޕީސްއަށް ކަމަށެވެ.

އޭނާ ބުނީ ކޮވިޑް-19 އާ ގުޅިގެން އެޕާޓުމެންޓު ގަތުމަށް ޝައުގުވެރިކަން އަދި އެހާ ގިނަ ބަޔަކު ފާޅުކޮށްފަ ނުވާކަމަށެވެ.

އެހެންނަމަވެސް ގަންނަން ބޭނުންވާކަމަށް ޝައުގުވެރިކަން އެއްބަޔަކު ފާޅުކުރަމުންދާ ކަމަށާއި އަދި އެއްވެސް ބަޔަކަށް އެ ތަން އަދި ދޫކޮށްލާފަ ނުވާކަމަށެވެ.

އެޕާޓުމެންޓުގައި ސުޝާންތު ދަންޖެހިފަ ހުއްޓާ ފެނުމުން ފުލުހުން އެންމެ ފުރަތަމަ ބުނީ މިއީ ސުސައިޑް ކޭހެއް ކަމަށެވެ. އެހެން ނަމަވެސް ސުޝާންތުގެ އާއިލާގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބުނަނީ މި މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

އާއްމުންނާއި އާއިލާއިން ދަނީ މިކަމާއި ގުޅިގެން ތުހުމަތުގެ އިނގިލި އެކި ފަރާތްތަކަށް ދިއްކުރަމުންނެވެ. މި މައްސަލާގައި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކޮށްފައިވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރްބަތީއަށެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް