ads
ލަންކާގައި އަންދަމުންދާ ބޯޓު
އަލިފާން ރޯވި ބޯޓުގެ ކެޕްޓަން ހައްޔަރު ކޮށްފި
ސްރީ ލަންކާ އިން އެނދި އެމްވީ އެކްސްޕްރެސް ބޯޓުގައި އަލިފާން ރޯވި ހާދިސާ ތަހުގީގު ކުރުމަށްޓަކައި އެ ބޯޓުގެ ކެޕްޓަން ހައްޔަރު ކޮށްފި އެވެ.އެބޯޓުގައި ހުޅު ހިފީ މެއި 20 ވަނަދުވަހުއެވެ.

ސްރީ ލަންކާ އިން އެނދި އެމްވީ އެކްސްޕްރެސް ބޯޓުގައި އަލިފާން ރޯވި ހާދިސާ ތަހުގީގު ކުރުމަށްޓަކައި އެ ބޯޓުގެ ކެޕްޓަން ހައްޔަރު ކޮށްފި އެވެ.އެބޯޓުގައި ހުޅު ހިފީ މެއި 20 ވަނަދުވަހުއެވެ.

ބޯޓުގެ ކެޕްޓަން ހައްޔަރުކޮށް އޭނާގެ އިހުމާލުން ތިމާވެއްޓަށް ލިބިފައި ވަނީ ކިހާ ގެއްލުމެއްތޯ އަންނަނީ ބަލަމުންނެވެ. މި ހާދިސާއާ ގުޅުންހުރި ވާހަތަކަށް ބަލާއިރު ބޯޓުގައި ހުރި ކޮންޓެއިނާތަކުން ކެމިކަލް ލީކުވާކަން ފަޅުވެރިންނަށް ކުރިން އެނގުނެވެ.

ލަންކާގެ އައްސޭރިއާ ދުރަށް، ފުންކަނޑަށް ބޯޓް ދަމާފައި ގެންދެވޭތޯ ޕޯޓްސް އޮތޯރިޓީންމަސައްކަތް ކުރިއެވެ.

 ބޯޓު މިހާރު އޮތީ ކޮޅުފަސްކޮޅު އަޑިއަށް ގޮސް ކަނޑުއަޑީގައެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މެރިން ތަޖުރިބާކާރުން ބުނާ ގޮތުން ތެލުން ބޮޑު ބައެއް މިހާރު ވަނީ އަނދާފަ އެވެ. ލަންކާއިން ކުރިން ބުނި ފަދައިން އެ ގައުމަށް އޮތް ބިރަކީ ބޯޓުގައި ހުރި 322 މެގަޓަނުގެ ތެޔޮ ކަނޑަށް އެޅި ފެތުރިގަތުމެވެ. 

ކޮންޓެއިނާ ބޯޓުގައި ރޯވުމުގެ ސަބުން ޕްލާސްޓިކް ޕެލެޓްތައް އަނދައި އަދި ކެމިކަލްތައް ވިރި ކަނޑަށް އެޅުމުގެ ސަބަބުން ލަންކާ ފަރަށް ލިބުނު ގެއްލުން ޒަމާންތަކަކަށް ދެމިގެންދާނެ ކަމަށް މެރިން ސައިންސްވެރިން ބުނެ އެވެ. ލަންކާއިން މިހާރު ވަނީ ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަން ދައުވާކޮށްފަ އެވެ. 

ސިންގަޕޫރުގައި ރެޖިސްޓްރީ އޮންނަ އެމްވީ އެކްސްޕްރެސް ޕާލްގައި އަލިފާން ރޯވި ކަމަށް އޮފިޝަލުން ލަފާ ކުރައްވަނީ ވެސް ކޮންޓެއިނާތަކުގައި ހުރި ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުންނެވެ. ބޯޓުގައި ހުރި 1486 ކޮންޓެއިނާގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮކްސައިޑް އަދި އެހެނިހެން ކެމިކަލް ގިނަ އަދަދަކަށް ހުރި ކަމަށް ވެއެވެ.

ކެޕްޓަންގެ އިތުރުން ބޯޓުގެ ފަޅުވެރިން އަދި އޮޕަރޭޓްކުރާ ކުންފުނިތަކުގެ އޭޖެންޓުން ވެސް މިމައްސަލާގައި ޒިންމާވާން ޖެހޭނެ ކަމަށް ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް