ads
އިފްތިތާހުކުރި 1000 ހައުސިން ޔުނިޓް——
ހުޅުމާލޭގައި އިމާރާތްކުރާ 1000 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
ސަރުކާރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްގީކުރުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެެވެ.

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްގީކުރުމަށް ނިންމާފައިވާ ކައުންސިލް އަދި އެފޯޑަބަލް ހައުސިން، މީގެ އިތުރުން މިޑް ޓު ހައި ރޭންޖުގެ އެޕާޓްމެންޓު ގެ މަަސައްކަތްތައް އަމަލީ ގޮތުން  ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެން ވަނީ އެ މަޝްރޫއުގެ ބިންގާ އަޅުވައިދެއްވާފައެވެ.

މާލޭ ސިިޓީގައި ދިމާވެފައިވާ ބޯހިޔާ ވަހިކުަމުގެ ދަތިކަމަށް ހައްލެއް ގެނެސް އަތްފޯރާ ފަށެއްގައި ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އިސް ނަންގަވައިގެން ހިންގާ އެ މަޝްރޫއުއަކީ ކައުންސިލް އަދި އެފޯޑަބަލް ހައުސިން، މީގެ އިތުރުން މިޑް ޓު ހައި ރޭންޖުގެ ހައުސިން ޔުނިޓްތަކުގެ ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި ހިމެނޭގޮތަށް 1000 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ ދަށުން ކައުންސިލް ހައުސިންގެ 120 ޔުނިޓް އާއި އެފޯޑަބުލް ހައުސިން ޔުނިޓްގެ 220 އަދި މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުއަކީ 2020ވަނަ އަހަރުގެ ނޮވެމްބަރު 20ވަނަ ދުވަހު އެޗްޑީސީއާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ސޮއިކުރެވުނު މަޝްރޫއުއެކެވެ. މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުއަކީ ދިވެހި އަމިއްލަ ކުންފުންޏަކުން މިހާތަނަށް ހިންގާ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ، ބޯހިޔާވަހިކަމަށް މިއަދު މަސައްކަތް ފެށިގެންދާ 1000 ހައުސިން ޔުނިޓުގެ ސަބަބުން ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ އެތަކެއް ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ލިބޭނެ ކަމަށް ކަމަށެވެ. މީގެ ކުރިން ހިންގުނު ބޯހިޔާ ވަހިކަމާއި ހިލާފަށް މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހައުސިން ޔުނިޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ކޮންމެހެން ބޭނުންވާ ހުރިހާ ހިދުމަތްތަކަކާއިއެކު ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެން ދާނެ ހައުސިން ޔުނިޓް ތަކެއް ކަމަށް  ސުހެއިލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް