
ކްލަބްހައުސް އެޕަކީ ސޯޝަލް މީޑިއާގެ އެހެން އެޕްލިކޭޝަން ތަކާހިލާފަށް ހަމައެކަނި އަޑު ބޭނުންކޮށްގެން ހިންގާ އެޕެކެވެ.
އެކި މައުލޫތަކަށް ތަފާތު ހޯލްތައް ހަދައިގެން ވާހަކަ ދެއްކޭ މިއެޕްލިކޭޝަން އެންމެގިނައިން ބޭނުން ކުރަމުންއަންނަނީ އައްޑޫ ސިޓީންނެވެ. އެހެން ނަމަވެސް އެކި ކްލަބް ހައުސްގެ ދީނީ ގްރޫޕްތަކާއި އަންހެނުންގެ ގްރޫޕްތަކާއި، މުނިފޫހި ފިލުވުމަށް އުފައްދާފައިވާ ގްރޫޕްތައް އެ ޕްލެޓްފޯމުން މިހާރު ފެނެއެވެ.
ދުނިޔޭގައިވެސް ބާރަށޤ ހިނގަމުން އަންނަ މި އެޕްގެ ބޭނުންކޮށްގެން ރަށުފެންވަރުގެ އަދި ސަރަހައްދީ ޕްލޭންތައް ހެދުމާމެދު އެކިމީހުން ހިޔާލު ފާޅުކޮށްފައިވެއެވެ.
ކްލަބްހައުސް އެޕް ގައި އައްޑޫ ގްރޫޕްތައް
މި އެޕް އުފެއްދި ކުންފުނިން ބުނެފައިވަނީ މިއީ އަޑުގެ ޒަރީއާއިން އާރައްޓެހިން ހޯދުމާއި، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް ވާހަކަދެއްކުމާ، ވާހަކަ ކިޔައިދިނުމާއި،ރަހުމަތްތެރިކަން ބަދަހި ކުރުމަށް ވަރަށް ރަނގަޅު ވަސީލަތެއް ކަމަށެވެ.
ރާއްޖޭގައި ދާދި ފަހުން މި އެޕް ބޭނުންކުރަން ފެށި ނަމަވެސް ދުނިޔޭގައި މިއެޕް ބޭނުން ކޮށްގެން ބޮޑެތި ގްރޫޕްތައް ހަދާފައިވެއެވެ.