ads
ކުޅިވަރު ވަޒީރު މަހްލޫފު
މަހްލޫފު ސަސްޕެންޑްކޮށްފައި ހުރިހެން ހީވެސް ނުވޭ
ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މިދިޔަ ހަފުތާއިން ފެށިގެން ސަސްޕެންޑްކޮށްފައެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުމާ މެދު ޕީޖީ އޮފީހުން މާދަމާ ގޮތެއް ނިންމާނެ ކަމަށްވަނީ ބެލެވިފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތުގައި ޕީޖީ އޮފީހަށް އޭސީސީން މައްސަލަ ހުށަޙެޅުމާއިއެކު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަޒީފާގެ މަސްއޫލިއްޔަތު ތަކުން ދުރުކުރީ މިދިޔަ ހަފުތާތެރޭގައެވެ. ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު މިދިޔަ ހަފުތާގައި ވިދާޅުވީ، މަހްލޫފް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާއިއެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން މިނިސްޓަރު މަހްލޫފް ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން މިނިސްޓަރަށް އަންގާފައިވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެވަނަ ފަހަރަށް މަހްލޫފު ސަސްޕެންޑް ކުރިއިރު އޭނާ ހުރީ ދުބާއީގައެވެ.

މަހްލޫފު ސަސްޕެންޑް ކުރުމާ އެކު އޭނާވަނީ އުދާސްތައް ސޯޝަލް މީޑީއާއަށް އޮއްސާލާފައެވެ. އޭނގެ ފަހުން އަނެއްކާވެސް މިނިސްޓަރު މަހްލޫފު އަންނަނީ ސޯޝަލް މީޑިއާގައި އެކިއެކި ވާހަކަތައް ދައްކަވަމުންނެވެ. ކުޅިވަރާ ބެހޭ އެކިއެކި ޓްވީޓުތައް ކުރައްވަމުން ގެންދަވާއިރު، ސަސްޕެންޑްކޮށްފައި ހުރި ވަޒީރެއްހެން ހީވެސް ނުވެއެވެ.

މަހްލޫފުގެ އެމްއެމްޕީއާރުސީއާ ގުޅޭ މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި އޭސީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހްގީގުން އެނގޭ ކަމަށެވެ. އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހްލޫފްގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަހްމަދު އަދީބު ޢަބްދުލްޣަފޫރު އާއި މަހްލޫފް އާއި ދެމެދު ބަދަލު ކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަދީބު، މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހްގީގުން އެނގޭކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

8%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް