ads
އެބްރާހިމް ރައީސީ
އީރާންގެ ރައީސްކަމަށް އެބަރާހީމް ރައީސީ އިންތިޚާބު ކޮށްފި
އެބްރާހިމް ރައީސީ އިރާނު ގައި ކުރިޔަށް ދިޔަ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

އޭނާ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 28.6 މިލިއަން ވޯޓުގެ ތެރެއިން 17.8 މިލިއަނަށް ވުރެން ގިނަ ވޯޓު ހޯދަވައިގެން ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. 

ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ އިސްލާމިކް ރިވެލިއުޝަނަރީ ގާޑް ކޯޕްސްގެ ގެ ކުރީގެ ކޮމާންޑަ އިން ޗީފް މުހްސިން ރިޒާއީ އަށެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 3.3 މިލިއަން ވޯޓެވެ. 

60 އަހަރުގެ ރައީސީ އަކީ މިހާރުވެސް އީރާނުގެ ޖުޑިޝަރީގެ އެންމެ އިސްވެރިޔާއެވެ. 

ރައިސްކަމާއި ރައީސީ ހަވާލުވެވަޑައިގަންނަވާނީ އޮގަސްޓުމަހުއެވެ. 

2017 ވަނަ އަހަރުވެސް ރައީސީ ވަނީ އީރާން ގެ ރައިސް ކަމަށް ކުރިމަތިލައްވާފައެެވެ. 2017 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ހަސަން ރޫހާނީއެވެ. ހަސަން ރޫހާނީ ވަނީ އީރާނުގެ ރައީސްކަން ދެ ދައުރަށް ކުރަށްވާފައިއެވެ.

ރައީސީ އަކީ 1988 ވަނަ އަހަރުގެ "މަރުގެ ކޮމިޓީ" ގެ 4 ބައިވެރިންގެ ތެރެއިން އެކަކެވެ. މި ކޮމިޓީ އަކީ 1988 ވަނައަހަރު އީރާން ގެ ޖަލުތަކުގައި ހާހަކަށް ވުރެ ގިނަ ސިޔާސީ ކުށްވެރިން މަރާލުމަށް ހުކުމް ކުރި ކޮމިޓީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް