ads
އެލީޓް ގައި ފެންނާނެ ބަޔެއް ތަރިން
އެލީޓް ގެ އާސީޒަން ނެޓްފްލިކްސްގައި
ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ހަތަރު ވަނަ ސީޒަން ސްޓްރީމްކުރަން ފަށައިފިއެވެ.

ސްޕެނިޝް ހައި ސްކޫލު ޑްރާމާ ވަނީ ބޮޑު ހިޓަކަށް ވެފަ އެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ވަނީ ސްޓްރީމްކޮށްފަ އެވެ. އަދި ދެވަނަ ސީޒަން ވަނީ 2019 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ.

އެލީޓް 4 އިން ފެނިގެންދާނީ އެރޮން ޕައިޕާ (އެންޑާ)، އޮމަރު އަޔޫސޯ (އޮމަރު)، ޖޯޖިނާ އެމޮރޯސް (ކަޔަޓާނާ)، އިޓްޒަން އެސްކަމީލާ (ސެމިއުލް)، މިގުއެލް ބެރްނާޑީއޯ (ގުޒްމަން) އަދި ކްރޯޑިއާ ސަލަސް (ރެބެކާ) އެވެ.

ނެޓްފްލިކްސް އިން މިހާރު އެ ޝޯ ބަލާލެވޭއިރު މި ފަހަރުގެ ސީޒަންގައި ޖުމްލަ އަށް އެޕިސޯޑު ހިމެނެ އެވެ. ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެލީޓްގެ މިފަހަރުގެ ސީޒަން އެހެން ސީޒަންތަކާ ޚިލާފަށް ޝައުގުވެރިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ކުރީ ތިން ސީޒަނުން ފެނިގެންދިޔަ ބައެއް ތަރިން މިފަހަރުގެ ސީޒަނުން ފެނިގެން ނުދިޔަ ނަމަވެސް އާ ތަރިންތަކެއް ވަނީ އެލީޓްގެ ހަތަރު ވަނަ ކާސްޓާ ގުޅިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް