ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ހަރުފައެއްފެނިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މީގެއިތުރަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސަރަހައްދުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރި ވަމުންދާކަމަށެވެ.
ނަމަވެސް ސީއެންއެމްއިން ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އެމްއެންޑީއެފްގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.
މިއަދު ފެނުނު ހަރުފައިގެ ފޮޓޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.