ads
މިޝްކާ
މިޝްކާގެ މަރުގައި އެޗްޕީއޭ ސިސްޓަމްގެ މައްސަލަތައް ގިނަ: ހެލްތް ރިޕޯޓު
ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ ހާދިސާ ހިނގައިދިޔައީ އެޗްޕީއޭ ސިސްޓަމްގައި ކުރިން ވެސް ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ވަނީ މިޝްކާގެ މަރާ ގުޅިގެން ތަހުގީގުކުރިކަންކަމުގެ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ހެލްތް މިނިސްޓްރީން ބުނީ ކުއްޖާގެ ހާލު، ހުރި ސީރިއަސް މިނާ ބަލާ މި ހާދިސާގައި އެކުއްޖާއަށް ދޭން ޖެހޭ ފަރުވާ ހުރިހާ ހިސާބަކުން ވެސް ލަސްވެފައިވާ ކަމަށެވެ. އަދި ކުއްޖާއަށް އައި ބަދަލުތައް ދެނެގަނެވިފައިނުވާއިރު މައުލޫމާތު ހިއްސާކުރުމުގައި ވެސް ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ހާދިސާގައި އެޓެންޑުވި ފަރާތްތައް މިއަށް ވުރެ ފަރުވާތެރިކަމާއެކު މިކަން ކުރިނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށާއި ހާދިސާ ހިނގަން މެދުވެރިވީ ސިސްޓަމްގައި ކުރިން ވެސް ހުރި މައްސަލަތަކުގެ ސަބަބުން ކަން ފާހަގަވެފައިވާ ކަމަށެވެ.

"މީގެ ކުރިން ކޮވިޑް ކޭސްތަކުގެ އަދަދު ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން މި މައްސަލަތައް ފެންމަތިވެފައެއް
ނުވެއެވެ. ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ޚިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރުވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ." ރިޕޯޓުގައި ބުނެފައިވެއެވެ.

ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ރިޕޯޓުގައި ބުނެފައެވެ.

ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމުގައި އެޗްއީއޯސީގެ އިހުމާލު އޮތް ކަމަށް އޭނާ ނިޔާވުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު އާއްމު ކުރި ރިވިއުގައި ފާހަގަކޮށްފައިވާއިރު، އާއިލާއިން އެމްބިއުލާންސެއް ފޮނުވައިދޭން އެދުނު ނަމަވެސް އެވަގުތު ކޭސްއަށް އެޑެންޓުކުރި ފަރާތްތަކުން އެމްބިއުލާންސް ފޮނުވާން އަންގާފައި ނުވެއެވެ. އަދި އެމްބިއުލާންސް އައުންލަސްވުމުގެ ސަބަބުން އެމްބިއުލާންސެއް ފޮނުވާދިނުމަށް އެދި އައިޖީއެމްއެޗްއަށް ވެސް އާއިލާއިން ގުޅިއިރު، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ބަޔަކު ދިރިއުޅޭ ގެއަކަށްވުމުން އެމްބިއުލާންސް ފޮނުވައިދިނުމަށް އެ ހޮސްޕިޓަލުން ދެކޮޅު ހަދާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް