ads
މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އާއި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން
ދަންޖައްސަން ގޮވި މަައްސަލާގައި ހިސާން މާފުކޮށްފި: ސިޔާމް
ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަން ޖެހޭ"ކަމަށް ބުނި ބުނުމަށް ހިސާން މައާފު ކުރައްވާފައިވާ ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ހިސާން އަކީ ހަގީގަތުގައިވެސް ދަންޖަައްސަން ޖެހޭ މީހެއް" ކަމަށް ބުނެ ދައުރުވެފައިވާ އޯޑިއޯއާ ބެހޭގޮތުން ސީއެންއެެމްގެ "އިތުރުކާފް" ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު ސިޔާމް ވިދާޅުވީ، އެއްވެސް މައްސަލައެއްގައި އެމަނިކުފާނަކީ މީހުންނަށް މަރުގެ އިންޒާރު ދެއްވާ ބޭފުޅެއް ނޫންކަމަށެވެ.

އެހެންނަމަވެސް އާއްމު ހާލަތެއްގައި ބައެއް މީހުން ކަންތައްތައް ކުރާ ގޮތަކުން އެކަހަލަ ވާހަކަތައް ބައެއް ފަހަރު ބައެއް މީހުން ދައްކާފައިވާ ކަމަށާއި ނަމަވެސް އެދުވަހުގެ ބަހުސްގައި ހިސާން އާ ދިމާލަށް "އެއީ މަރަަންވެފައި ހުރި މީހެކޭ"، ނޫނީ "ދަންޖައްސަންވެފައި ހުރި މީހެކޭ" ވެސް ބުނެފަ ނޯންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ވަރަށް ގިނަ ބަހުސް އާއި ވަރަށް ގިނަ މަޝްވަރާތައް ކުރިއަށް ގެންދާ ތަނެއްްކަމަށާއި އެމަނިކުފާނު ނޫނަސް ވަރަށް ގިނަ އެހެން މެމްބަރުން އެ ޖަޒުބާތުގައި އެކަހަލަ ކަންތައްތައް ދާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް ހިސާން އާއި ދިމާލަށް އެފަދަ އިންޒާރެއް ނުދެންކަމަށް ސިޔާމް ވިދާޅުވިއެވެ. 

"އެމައްސަލާގައި ކޮމެޓީން އެންގި ގޮތަށް މައާފަށް އެދިވަޑައިގަންފިންތޯ؟" ސީއެންއެމް އިތުރުކާފު ޕްރޮގްރާމުގައި ސުވާލުކުރުމުން ސިޔާމް ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް އެއްވެސް މީހަކާއި ދިމާލަށް ހަރުކަށިކޮށް ނުވަތަ ހިތްހަމަނުޖެހޭގޮތަށް އެއްޗެއް ބުނެވުނަސް އަބަދުވެސް މާއާފަށް އެދޭ ބޭފުޅެއް ކަމަށާއި އެހެންކަމުން އެކޮމެޓީން މައްސަލަ ބެލުމުގެ ކުރިންވެސް އެކަމަށް މައާފަށް އެދިވަޑައިގެންފައިވާށެވެ. 

" ތި ކޮމެޓީން މައްސަލަ ބެއްލެވުމުގެ ކުރީގައި އަޅުގަނޑާ ހިސާން އާ ވާހަަކަދައްކައިގެން އަދި އަޅުގަނޑު ވިދާޅުވިން އަޅުގަނޑަށް އަދި ހަރުކަށިކޮށް އެއްޗެއް ބުނެވުނަސް އަޅުގަނޑު ވިދާޅުވިން މާއާފަށް އެދެމޭ. ހިސާން ވިދާޅުވި އާ މައާފުކޮށްފީމޭ،" ސިޔާމް ވިދާޅުވިއެވެ.

އެ މައްސަލައަކީ މިހާރު ފުލުހަށް ހުށަހެޅިފައިވާ މައްސަލައަކަށްވާތީ އެކަމާ ގުޅޭގޮތުން ފުލުހުން ސިޔާމްއާ އެއްވެސް ސުވާލެއް ކޮށްފަވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސިޔާމް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީތެރޭ ދައްކާ ވާހަކައަކަށް އެއްވެސް ފަރާތަކަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އެއީ މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭނެ ކަމެއް ކަމަށެވެ. 

މިދިޔަ އަހަރާއި މިއަހަރުވެސް މަޖިލީހުގެ ހާޒިރީން އެންމެ ފުލުގައި އަދި އެއްވެސް ގޮތަކަށް ބައިވެރިނުވާ ސިޔާމު ވަނީ ރައީސް ނަޝީދަށް ހައި ސެކިޔުރިޓީއެއް ދެމުންދަނިކޮށް، އެ ސެކިޔުރިޓީ ފޫއަޅުވާލާ މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން 241 ކޮމެޓީން ކުރިއަށް ގެންދާ އިންކުއެރީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންފައެވެ. 

އެ ބައްދަލުވުމުގައި ޖޭއެސްސީ ހިންގާ ގޮތާއިމެދު ވަރަށް ހޫނު ބަހުސެއް ކުރިއަށް ގޮސްފައިވާއިރު، އެ ބަހުސްގެ ތެރެއިން ހިސާން ދަންޖައްސަން ޖެެހޭކަމަށް ސިޔާމް ވިދާޅުވާ ކަމަށް ބުނެ ދައުރުކުރަމުންދާ އޯޑިއޯއެއްވަނީ އާއްމުވެފައެވެ. 

ހިސާން ދަންޖައްސަން ޖެހޭ ކަމަށް ވިދާޅުވެ ސިޔާމް ދެއްކެވިކަމަށް ބުނާ މައްސަލާގައި ހިސާން މައާފު ދެއްވިކަމަށް ސިޔާމް ވިދާޅުވާ ވިދާޅުމާ ގުޅޭގޮތުން ހިސާނުގެ ބަހެއް މިހާތަނަށް އަދި ނުލިބެ އެވެ.

ދައުރުވި އެ އޯޑިއޯގައި، އިވެނީ "ހިސާން އަކީ ހަގީގަތުގައިވެސް ދަންޖަައްސަން ޖެހޭ މީހެއް" ކަމަށާއި، "އެކަން ކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ވިދާޅުވާ އަޑެެވެ. 15 ސިކުންތުގެ ކުރު އެއޯޑިއޯކޮޅުގައި ވާހަކަ ދައްކަވާ މީހާގެ އަޑު އެހާ ސާފެއް ނޫނެ އެވެ. ނަމަވެސް އެއީ ސިޔާމުގެ އަޑު ކަމަށް ވެ އެވެ. 

އެކަމާއި ގުޅިގެން ސިޔާމް މީގެ ކުރިންވެސް ސީއެންއެމްއަށް ވިދާޅުވެފައިވަނީ އެެއީ އެޑިޓެއް ކަމަށާއި އެފަދަ ވާހަކައެއް ދަންނަވާފަ ނުވާނެ ކަަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް