ads
ކަނޑުހުޅުދޫ ސިއްހީ މަރުކަޒު--
ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި
ގއ. ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
ގއ. ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އެރަށު ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުމަށް ބޭނުންވާ މެޝިންތަކާއި ޓެސްޓުތައް ހެދުމަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ގަ އެވެ.

ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ކަނޑުހުޅުދޫ ރައްޔިތުން ކުރިން ލެބޯޓްރީގެ ހިދުމަތް ހޯދުމަށް ދާން ޖެހެނީ ވިހި ވަރަކަށް މިނެޓުގެ ދަތުރެއްކޮށް ގއ. ގެމަނަފުށި ސިއްހީ މަރުކަޒަށް ނުވަތަ ގދ. ގައްދޫ ސިއްހީ މަރުކަޒަށެވެ.

ހެލްތު މިނިސްޓްރީން ބުނި އަމިއްލަ ރަށުން އެ ހިދުމަތް ލިބުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ގއ. އަތޮޅުގައި މިހާރު ލެބޯޓްރީގެ ހިދުމަތް ދެމުން އަންނަ ރަށްރަށަކީ ގއ. އަތޮޅު ހޮސްޕިޓަލް އަދި ގއ. ގެމަނަފުށީ ސިއްހީ މަރުކަޒާއި ގއ. ދާންދޫ ސިއްހީ މަރުކަޒުގެ އިތުރުން ދެއްވަދޫ އަދި ކޮލަމާފުށި ސިއްހީ މަރުކަޒުގެ އިތުރުން ކަނޑުހުޅުދޫ ސިއްހީ މަރުކަޒުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް