
ރިޗަޑް ވިހާފައިވަނީ އޭނާގެ މަންމަ، ބެތު ހަޗިންސަން އަށް ސިއްހީތަފާތު އުނދަގޫތައް ކުރިމަތިވުމާ ގުޅިގެންނެވެ.
ގިނީސް އިން ބުނާ ގޮތުގައި ވިހޭއިރު ބަރުދަނުގައި އެންމެ 11.9އައުންސް (ގާތްގަނޑަކަށް330 ގްރާމް) ހުރި ރިޗަޑް ވިހާފައިވަނީ ވިހާނެކަމަށް ލަފާ ކުރިތާރީހަށްވުރެ 131 ދުވަސް ކުރިންނެވެ. އަދިއޭނާގެ މައިންބަފައިންގެ އެއްއަތްތިލައަށް އޭނާ ލެވެއެވެ.
ދުވަސްނުފުރާ،އެހާ ޅަކޮށް ދަރިފުޅު ވިހަން ދިމާ ވުމާ ގުޅިގެން ކުޑަކުދީންގެ ޑަކޮޓަރުންގެ ޓީމުން އެދެމަފިރީންނަށް އަންގާފައިވަނީ ކުއްޖާ ސަލާމަތްވާނެ ކަމުގެ އޮތީ 0 އިންސައްތަ ކަމަށެވެ.
ކޮރޯނާ ވައިރަސް އާގުޅިގެން ދަރިފުޅު ގާތުގައި އެކުއްޖާގެ މަންމައާއި ބައްޕައަށް ތިބެވޭ ގޮތެއް ނުވެއެވެ. އަދި އާއިލާ މީހަކަށްވެސް އެކުއްޖާ ގާތުގައި މަޑުކޮށްލެވޭ ގޮތެއް ނުވެއެވެ.
ހޮސްޕިޓަލުގައި 6 މަސް ހޭދަކުރުމަށްފަހު ރިޗަޑްއަށް އާއިލާއާއެކު ގެއަށް ދެވިފައިވަނީ2020 ވަނައަހަރުގެ ޑިސެމްބަރު މަހުއެވެ.
ރިޗަޑްގެ މަންމައާއި ބައްޕަ ބުނަނީ ރިޗަޑް ސަލާމަތްވާނެ ކަމަށް ފުރަތަމަ ގަބޫލު ނުކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަރަށް އުފާ ވާކަމަށެވެ.
ނަސީބު ގަދަ ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް މިހިނގާ ޖޫން މަހުގެ 5 ވަނަދުވަހު ވަނީ ފާހަގަ ކޮށްފައެވެ.