ads
ޝަޒައިލް ޝިޔާމް -- ފޮޓޯ: ސޯޝަލް މީޑިއާ
ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީގެ މަގާމަށް
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުގެ ސަބަބުން އޭނާގެ ސަސްޕެންޝަން އުވާލައި އަލުން ވަޒީފާއަށް ރުޖޫއަވެއްޖެއެވެ.

ޝަޒައިލްގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބެލައި ދައުވާ ކުރުމަށް ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މިކަމާ ގުޅިގެން މޯލްޑިވް ގޭހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އެމްޑީ އާ މެދު ކުރެވުނު ތުހުމަތުތަކާ ގުޅިގެން، އޭސީސީން ބެއްލެވި އިރު އެމައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ކޮށްފައިވާކަމަށް ސާބިތުވެފައިނުވާކަން އޭސީސީން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޝަޒައިލްގެ ސަސްޕެންޝަން އުވާލައި، އަލުން އަނބުރާ ވަޒީފާ ރުޖޫއުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޝަޒައިލްއަށް ރިޝްވަތުގެ ތުހުމަތު ކުރެވި އެމައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށީ، ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އެމައްސަލަ ރައީސް އޮފޯހުން އޭސީސީއަށް ހުށަހެޅުމުންނެވެ. އެމައްސަލާގައި މިދިޔަ އަހަރުގެ އޮކްޓުބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޭނާހުރީ ސަސްޕެންޝަނުގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް