އެއީ ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަތުމުން ހުށަހެޅި މައްސަލައިގައެވެ.
ސޫޒަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ އީސީން ކެންޑިޑެސީ ބަލައިނުގަތީ ފިނޭންސް މިނިސްޓްރީއަށް 12،000ރ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ދެއްކިކަން އަންގައިދޭ މިނިސްޓްރީގެ ލިޔުމެއް ހުށަހަޅާފައި ނެތުމުން ކަމަށެވެ.
ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދެއްކިކަމާއި ދަރަަނީގެ ރެކޯޑު ސާފުވެފައިވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިން ލިޔުންތަކުން އެނގޭ ކަން ފާހަގަކޮށް، ހުކުމުގައިވަނީ ޑީޖޭއޭން ސާފުކޮށްދީފައިވާ ރެކޯޑާ އެކު ސޫޒަން 2021ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްފައި ކަމަށެވެ. އެހެންވެ، ސޫޒަންގެ ކެންޑީޑެސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރު ކުރިއެވެ.