ads
ކޮކާ ކޯލާ ފުޅިން ފެނުނު ދަތް
ކޯކާކޯލާ ފުޅިއަކުން އިންސާނެއްގެ ދަތެއް ފެނިއްޖެ
މާލެ އޭއިރޭޓެޑްް ވޯޓާ ކޮމްޕެނީން އުފައްދާ ކޯކާކޯލާ ފުޅިއެއްގެ ތެރެއިން އިންސާނެއްގެ ދަތެއް ފެނިއްޖެ އެވެ.
Advertisement

އެޗްއާރްސީއެމްގެ ކުރީގެ ނައިބު ރައީސް އަހުމަދު ތޮލާލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ އެ ކޯކުފުޅި ގަތީ ވީބީ މާޓުން ކަމަށެވެ.

އަދި އެ ދަތް ފެނުނީ ކޯކު ބުއިމަށް ތައްޓަކަށް އެޅުމުންކަމަށް ތޮލާލު ބުނެއެވެ. 

ތޮލާލު ބުނީ އެ ކޯކުފުޅިއަކީ ރާއްޖޭގެ ކޯކު އުފައްދާ ކުންފުނި ކަމަށްވާ މާލެ އޭއިރޭޓެޑްް ވޯޓަ ކޮމްޕެނީން އުފައްދާފައިވާ ފުޅިއެއް ކަމަށެވެ. 

މާލެ އޭއިރޭޓެޑްް ވޯޓާ ކޮމްޕެނީ އަކީ ބަވްރޭޖްގެ ބާއްވަތްތައް ރާއްޖޭގައި އުފައްދާތާ 30 އަހަރުވެފައިވާ ކުންފުންޏެކެވެ. މިކުންފުންޏަކީ މިނެޓަކު 300 ފުޅި އުފެއްދޭވަރުގެ ކެޕޭސިޓީއާއެކު 15 ޕްރޮޑަކްޝަން ލައިން ހިމެނޭ ކުންފުންޏެކެވެ.

އަދި މި ކުންފުނިން ކޯކާކޯލާ ހިމެނޭގޮތަށް 13 އިންޓަނޭޝަނަލް ބްރޭޑް ޕްރޮޑިއުސްކުރެއެވެ. 

ރާއްޖޭގެ ބައެއް އުފެއްދުންތަކުން ހާއްސަކޮށް ކާބޯތަކެތިން މީގެ ކުރިންވެސް މިފަދަ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ހިލާފު ބައެެއް ހާދިސާތައް ހިނގާފަ އެބަހުއްޓެވެ.

މިކާމާ ގުޅިގެން ކޮކާ ކޯލާ ކުންފުނިން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

10%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް