ads
ހުޅުމާލެ މަތިން ފެންނަގޮތް ދައްކައިދޭ ފޮޓޯއެއް-- ފޮޓޯ: އެޗްޑީސީ
ރަހީނުކުރި 13 އަހަރުގެ ކުއްޖަކު މަރާލާފައި އޮއްވާ ފެނިއްޖެ
މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ފޭސް 2 އިން،
ރަހީނުކުރިކަމަށް ބުނާ އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާފައި އޮއްވާ ފެނިއްޖެކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ވަރަށް ހެނދުނާ ބުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް މިމަހު 20ވީ އާދިއްޔަ ދުވަހު ލިބިފައިވާކަމަށާއި އެކަމާ ގުޅިގެން ހަރަކާތްތެރިވަމުންދިޔަ އިރު އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

މަރާފައި އޮއްވާ ފެނުނީ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ފޭސް ދޭއް ސަރަހައްދަކުން ނެވެ.

މަރާލާފައި އޮއްވާ ފެނުނީ ކޮން ކުއްޖެއްކަމެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ. އަދި އެކުއްޖާ ފެނުނީ ކޮން ތާކުންކަމެއް ވެސް މިހާތަނަށް ފުލުހުން ނުބުނެ އެވެ. 

އެ މައްސަލާގައި އިތުރު މައުލޫމާތެއް އަދި ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ އެ މައްސަލާގައ އުމުރުން 17 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ސީރިޔަސް މައްސަލައެއްގެގޮތުގައި ބަލަމުންދާކަމަށާއި ފަހުން އިތުރު މައުލޫމާތު ދޭނެ ކަމަށެވެ.

މަރާލާފައި އޮތް ކުއްޖާ ފުލުހުންނަށް ފެނިފައިވަނީ ފޭސް ދޭއްގެ މޫދަުންކަމަށް ވެ އެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް