ads
ވެލިގަނޑު ރިސޯޓް
ދުނިޔޭގެ އެންމެ ރީތި ބީޗު އޮތް ގައުމަކަށް ރާއްޖެ ހޮވިއްޖެ
ދުނިޔޭގެ އެންމެ ރީތި ބީޗެއް އޮތް ގައުމަކަށް ރާއްޖެ ހޮވިއްޖެއެވެ.

އެންމެ ރީތި ބީޗް އޮތް ގައުމަކަށް ރާއްޖެ ހޮވުނީ ސީޝެލް އާއި ވާދަކޮށްގެނެވެ. އެންމެ ރީތި ބީޗް އޮތް ގައުމެއް ހޮވާފައިވަނީ "ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗް"އިން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ވޯޓެއްގަ އެވެ.

އޮންލައިން ސައިޓެއް ކަމަށްވާ ކިވީސްޑޮޓްކޮމްއިން ކުރިއަށްގެންދިޔަ ވޯޓުގައި ރާއްޖޭއިން ބައިވެރިވެފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ. ސީޝެލް ގެ ފަރާތުން ބައިވެރިވެފައިވަނީ ކޮކޯ ރިސޯޓެވެ.

މި ވޯޓުގައި ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އަށް 51 އިންސައްތަ ވޯޓު ލިބުނުއިރު ކޮކޯ ރިސޯޓަށް ލިބިފައިވަނީ 49 އިންސައްތަ ވޯޓެވެ. މި ވޯޓުގައި ދުނިޔޭގެ އެކި ގައުމުތަކުން ވޯޓު ދީފައިވެ އެވެ. 

"ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބީޗް"ގައި ފައިނަލް ރައުންޑުގައި ރާއްޖޭ އާއި ސީޝެލްއާ ވާދަކޮށްފައިވަނީ އެ އިވެންޓުގައި ވާދަކުރި ވަރަށް ގިނަ ގައުމުތަކެއް ބޮޑު ތަނުން ބަލި ކޮށްފަ އެވެ. އެ ގޮތުން ދުނިޔޭގެ މަޝްހޫރު ބީޗްތައް ހުރި ގައުމުތައް ކަމަށްވާ ގްރީސް އާއި ޕޯޗްގަލް ވެސް ހިމެނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް