ads
މީރާ--
މީރާއަށް މިދިޔަމަހު ޓެކްސްގެ ގޮތުގައި 783 މިލައަން ރުފިޔާ ލިބުނު
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ގެ ގޮތުގައި 783 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާގެ އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނު 783 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި ހިމެނެނީ އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބުނު 32.7 މިލިއަން ރުފިޔާ އާއި ބިޒިނަސް ޕްރޮފިޓް ޓެކްސް ގޮތުގައި 12 މިލިއަން ރުފިޔާ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި މީރާ އަށް މިދިޔަ މަހު 70.97 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 52.67 މިލިއަން ރުފިޔާ، އަދި 496.19 މިލިއަން ރުފިޔާ ގުޑްސް އެންޑް ސާވިސް ޓެކްސްގެ ގޮތުގައި ލިބިފައިވާކަމަށް އެ ރިޕޯޓުން ދައްކަ އެވެ.

ދައުލަތަށް މިދިޔަ މަހު ލިބުނު އާމްދަނީއަށް ބަލާއިރު މިދިޔަ 2020 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު މި އަހަރު މޭ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 579 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް އެ ރިޕޯޓުން ދައްކަ އެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ރާއްޖޭއަށް ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. ކޮވިޑުގައި ލިބުނު މާލީ ގެއްލުން ފޫބެއްދޭނެކަމަށް ސަރުކާރުން ލަފާ ކުރަނީ 2022 އާއި 2023 ވަނަ އަހަރުގަ އެެވެ.

ފިނޭންސް މިނިސްޓަރު  އިބްރާހިމް އަމީރު މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައިވާގޮތުގައި ކޮވިޑާގުޅިގެން އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް