އާދަމް ލަރީފް (ރޮނާލްޑޯ)
ކުރީގެ ފުޓުބޯޅަތަރި"ރޮނާ"މިހާރު ކޮބާ؟
އެއްދުވަސްވަރެއްގައި އެތައް މުބާރާތެއް އެކި ދަނޑުތަކުގައި ލަރީފް (ރޮނާ) ކުޅެފައިވޭ
Share
އުމުރުން 19 އަހަރުގައި ޕްރޮފެޝަނަލް ފުޓުބޯޅައިގެ ތެރެއަށް ނުކުމެ ފުރަތަމަ ފެނިލުމާއި އެކުހެން ފެށުނު އުންމީދުގެ އަލިވިލުމުގެ ފެށުމަކަށް ވެގެން ދިއައީ ފުޓުބޯޅަގައި އޭނަ ވިއްދާލި ފައެވެ. ގދ ހޯނޑެއްދޫ ، ދޮންދުނބުރި ، އާދަމް ލަރީފް (ރޮނާ) އަކީ ވަރަށް ތަފާތު, ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ދިވެހި ހުރިހާ ދަނޑެއްގައި ވެސް ފުޓުބޯޅައިގެ "ކިންގް" އެކެވެ.
Advertisement

1999 ވަނައަހަރު ކާޑެއްދޫ އެއާޕޯޓް ގައި އޮތް ފުޓްބޯޅަ މުބާރާތަކީ ލަރީފްގެ ފެށުމެވެ. އެ މުބާރާތުގައި އޭނާގެ ޓީމު ހޯދި ކާމިޔާބު ގެ ސިއްރަކީ އޭނާ އެވެ. ޖެހިގެން އައި 2000 ވަނަ އަހަރު މަޑަވެލީ ގައި އޮތް މުބާރާތުގައި ލަރީފްގެ ކުޅުން ފެނިގެން ދިޔައީ ގިނަ ބަޔަކު ހައިރާން ކުރުވާ މިންވަރަށެވެ. އޭރުގެ ދުނިޔޭގައި އެއްވަނަ ކުޅުންތެރިޔާ ރޮނާލްޑޯގެ ނަމުން ދަނޑު ބޭރުން ގޮވަން ފެށި އެވެ. ކުޅުން މޮޅު ވެފައި ގޯލާ ރައްޓެހި ހަލުއި ކުޅުންތެރިޔަކަށް ވީމައެވެ. އެ މުބާރާތް ވެސް ލަރީފު ނުވަތަ ރޮނާލްޑޯ ގެ ޓީމުން ކާމިޔާބު ކުރި އެވެ. ނަތީޖާ އަކަށްވީ ދިވެހި ރާއްޖޭގެ  މަޝްހޫރު ފުޓްބޯޅަ ކްލަބް ތަކުގެ ލޯ މި އުންމީދީ ކުޅުންތެރިޔާ އަށް އަމާޒު ވެގެން ދިޔުމެވެ. ނިއު ލެގޫންސް، ވެލެންސިއާ ފަދަ ޓީމުތަ ކުން ޖާގަ ލިބުމެވެ. " ރޮނާ "ގެ ނަން ފުރަތަމަ ޑިވިޝަނުން އިވިގެން ދިއުމެވެ. އުފަން ރަށުން ހެދި ތަމްރީނަށް ފަހު ފޮށި ތަންމައްޗާ އެކު މާލެއަށް ބަދަލުވެ ޒުވާން ރޮނާ ދިޔައީ ފުޓުބޯޅައިގައި ކުރިޔަށެވެ. 5 އަހަރު ވަންދެން ނިއު ލެގޫންސް ، ވެލެންސިއާ އަދި ހުއްރިއްޔާ ފަދަ މަޝްހޫރު ޓީމު ތަކަށް ކުޅެ ވަރަށް ރަނގަޅު ކާމިޔާބީތައް ވަނީ ހޯދާ ފައެވެ. އެގޮތުން އެ މުއްދަތު ފައި 2002 ވަނަ އަހަރު ގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އަދި އޭ އެފް ސީ ކަޕް ގައި ފުލް ޓީމު ގައި ހިމެނުނެވެ.

your imageއާދަމް ލަރީފް

2009 އެއް ނިމުނު އިރު ރޮނާ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ލިސްޓް ގައި ހިމެނޭ އެއް ކުޅުންތެރިއެކެވެ. ކުރިން ފާހަގަ ކޮށްލެވުނު ޓީމު ތަކުގެ އިތުރުން އީގަލްސް އަދި މާޒީއާ  ފަދަ ވަރުގަދަ ޓީމުތަކުގައި ކުޅެ ހޯދި ތަޖުރިބާ އާއި އެކު 2009 ވަނަ އަހަރު ގެ ވޯލްޑް ކަޕް ކޮލި ފައިން ގައި ރާއްޖޭ ތަމްސީލު ކުރާ ޓީމު ނުވަތަ ގައުމީ ޓީމުގައި އޭނާގެ ނަން ހިމެނުނެވެ.

ހަމަ އެކަނި ފުޓުބޯޅަ އަށް ހުސްވެ ހުރި ރޮނާ ކާމިޔާބީގެ ޗޭނަށް  އެދުވަސް ވަރު އިތުރުވި އެންމެ ފާހަގަ ކޮށްލެވޭ އަނެއް ބޮޅަކީ އުމުރުން 22 އަހަރު ގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ގައި ހިމެނުމެވެ.

2016 އާއި ހިސާބުން ކުޑަ ދުވަސްކޮޅެއް ވަންދެން ކުޅުމާއި ދުރަށް ޖެހިލި އިރު ރޮނާ ވަނީ  ވަރަށް ގިނަ ކާމިޔާބީ ތައް ހޯދާ ފައެވެ. އެގޮތުން ފާހަނގަ ކޮށްލެވޭ ބައެއް ކާމިޔާބު ތަކަށް ނަޒަރު ހިންގާލާއިރު 2008 ވަނަ އަހަރު އެފްއޭ ކަޕް ގައި ވީބީ ސްޕޯޓްސް ކްލަބަށް ކުޅެ ޓީމު ޗެމްޕިިއަންކަން ހޯދި އިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ލިބުމުގެ އިތުރުން ރާއްޖޭގެ ގެ އެއްވަނަ ޑިވިޝަން ގެ ހުރިހާ ޓީމުތަކަށް އެކި ސީޒަން ގައި ނުވަތަ އެކި މުބާރާތް ތަކުގައި ޓްރާންސްފަ އުސޫލުން ކުޅެ ހޯދި ކާމިޔާބީތައް ހިމެނެއެވެ.

2016 ގެ ފަހުކޮޅު ރޮނާގެ ވިސްނުން މުޅިން އެހެން ގޮތަކަށް ބައްޓަން ކޮށްލިއެވެ. މާލޭގެ މާހައުލުގައި އަބަދު އުޅުމުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ ކުޅުންތެރިންނާއެކު މުބާރާތްތައް ކުޅެ އަތޮޅު ތެރެއިން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމެވެ. 

  އެގޮތުން ބަލާއިރު ރޮނާ ވަނީ 4 އަހަރު ތެރޭގައި ރާއްޖޭގެ އަތޮޅު ތަކުގައި ބޭއްވި ވަރަށް ގިނަ މުބާރާތް ތަކުގައި ބައިވެރިވެ އެތައް ސަތޭކަ މެޗެއް ކުޅެފައެވެ. އެގޮތުން ބަލާއިރު އޭނާ އަކީ ރާއްޖޭގެ ރެކޯޑު ކަމަށް ވެސް ވުން އެކަށީގެންވެއެވެ. 2020 ނިމިގެން ދިޔައިރު ރޮނާ ކުޅުނު މުބާރާތް ތަކުގެ އަދަދު ވަނީ 100 އެރާފައެވެ. އަދި އޭގެ ތެރެއިން %75 މުބާރާތް ކާމިޔާބު ވުމުގެ އެންމެ މުހިންމު ކުޅުންތެރިޔައަކީ ރޮނާއެވެ.

އާދަމް ލަރީފް (ރޮނާ) ގެ ފުޓްބޯޅަ ޙަޔާތުގެ ވާހަކަ "ސީއެން އެމް" އާއި ހިއްސާ ކުރަމުން އޭނާ ބުނީ މުޅި ރާއްޖޭގައި އޭނާ ފުޓްބޯޅަ ނުކުޅޭ ދަނޑެއް މަދުވާނެ ކަމަށެވެ. އަދި އެއްފަހަރާ ގިނަ މުބާރާތް ކުޅުނު މީހަކަށް އޭނާ ވާނެ ކަމަށެވެ.

your imageރޮނާލްޑޯ ދަސްކުރާ ކުދީން ތަކަކާ އެކު

"އެއް ދުވަސް ވަރެއްގައި އއ ރަސްދޫ، އައްޑޫ ، ގދ ތިނަދޫ ، ލ ތުނޑި  ، ގއ ކަނޑުހުޅުދޫ އަދި ގދ ހޯނޑެއްދޫ ގައި އެއްފަހަރާ ހިގަމުންދާ ދިޔަ މުބާރާތް ކުޅެފައިވާނެ. ހަވީރު މެޗު ނިންމާފަ ރޭގަނޑު ގެ މެޗަށް އަނެއް ރަށަށް, އަނެއްކާ އެދުވަހު އެހެން ރަށަކަށް ގޮސް މުބާރާތް ކުޅެފަ ހުންނާނީ" ކުޅުނު ކޮންމެ މުބާރާތެއްގައި އެންމެ މޮޅު ކުޅުންތެރިންގެ މަގާމުގައި ޓުރޮފީ ހޯދައި، އެތައް ގޯލް ތަކެއް ޖަހާފައިވާ ހޯނޑެއްދޫ ރޮނާ ބުންޏެވެ.

ކާމިޔާބު ފުޓްބޯޅަ ތަރި ރޮނާ އަކީ ހަމައެކަނި ފުޓްބޯޅަ ކުޅުމަށް އަވަދި ނެތި އުޅޭ މީހެއް ނޫނެވެ. އޭނާ ވަނީ ރާއްޖޭގެ އެކިއެކި ހިސާބުގައި ފުޓްބޯޅަ ކޯޗު ކަން ވެސް ކޮށްދީފައެވެ. އޭނާގެ ތަމްރީނު ތައް ލިބި އޭގެ މަންފާ އާއި އެކު ޓީމުތައް ކާމިޔާބު ހޯދައި އެތައް ޒުވާނުންނެއް މިއަދު ފުޓްބޯޅަ ކުޅުމުގައި ކުރިއަރަމުން ދާއިރު މިހާރުވެސް އޭނާ ދަނީ އެ ޤައުމީ ޚިދުމަތުގައި އަވަދިނެތިއެވެ. އަދި އެކަން ރަސްމީ ސިފައެއްގައި ކުރަމުންނެވެ. އެގޮތުން އޭނާ އަކީ ހޯނޑެއްދޫ ގައި ވަރަށް ކާމިޔާބު ކަމާއެކު ހިންގާ ކާއްޑޭ ސްޕޯޓްސް އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރެވެ. އަދި އެ އެކަޑަމީ ގެ ފަރާތުން ތަމްރީނުތައް ހިންގާ އެއް ކޯޗު ވެސްމެއެވެ. އެގޮތުން ފާއިތުވި 2 އަހަރު ވަނީ ގދ. ވާދޫ އާއި ހޯނޑެއްދޫ ގައި  ގިނަ އަދަދަކަށް ކުދިން ތައްޔާރު ކޮށްފައެވެ. ކަސްރަތު ކުރުމާ ފުޓްބޯޅަ ހުނަރު ދަސްކޮށް ދީފައެވެ.

ކާއްޑޭ ސްޕޯޓްސް އެކަޑަމީގެ ނައިބު ރައީސް އަޙްމަދު މުބީން ވިދާޅުވީ ލަރީފް ނުވަތަ އެމީހުން ކިޔާ ގޮތުންނަމަ " ރޮނާބެ" އަކީ ކުޅިވަރަށް ލޯބި ކުރާ އަޒުމް ގަދަ ލެޖެންޑެކެވެ. އަތޮޅު ގައި ހުރި ކުޅިވަރު ގެ ފަނޑުނުވާ ތަރިއެކެވެ.

އާނއެކެވެ. ސާފް ޗެމްޕިިއަންކަން ޝިޕް ގެ ތަށި ރާއްޖޭގެ ހަފޮޅުން އެތެރެ ކުރި ގައުމީ ޓީމުގައިވެސް ހިމެނުން ރޮނާ އަދިވެސް ދެމިހުރީ ފުޓުބޯޅައިގެ ތެރޭގައެވެ. 

87%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް