ads
ކުއްޖާ ފެނުނު ސަރަހައްދު
ކުޑަކުއްޖާގެ މަރާ ގުޅޭ މައުލޫމާތު އެނގޭނަމަ ހިއްސާކޮށްދޭން އެދިއްޖެ
މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާ ކޮށްދިނުމަށް ފުލުހުން އެދިއްޖެއެވެ.

މި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ފޭސް ޓޫ ސަރަހައްދުގެ މީހުން ވަނުން މަނާ ސަރަހައްދުގައި ބަޔަކު ކުޑަކުއްޖަކަށް އަނިޔާ ކުރާ ކަމުގެ ރިޕޯޓު ލިބިގެން އެތަން ބެލުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކި ހޯދުމުގެ މަސައްކަތް ކަމަށާއި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ބޭނުންވާ ގަރީނާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

އަދި މިދަނޑިވަޅުގައި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ ފުލުހުންނާ ހިއްސާކުރުމަށް ވަނީ އެދިފައެވެ. 

"މި ފުރުސަތުގައި ފުލުހުންގެ އިލްތިމާސް އަކީ މި މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ދިވެހި ފުލުހުންގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އަށް ގުޅައިގެން ހިއްސާ ކުރެއްވުން" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މައްސަލައިގައި މިހާތަނަށް އައިރު ތަހުގީގަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަނީ ކުޑަކުއްޖަކަށް ވީތީ މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ވެސް ކުޑަކުދިންތަކަކަށް ވީތީ މައުލޫމާތު ހޯދުމުގަ ކުޑަކުދިންގެ ޤާނޫނުގެ ތެރެއިން މައުލޫމާތު ހާމަކުރުމަށާއި އާއިލާ އަށް ނިކަމެތިކަން އަންނާނެ ގޮތަށް އެއްވެސް ފަރާތަކުން ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ސް ޓޫ މޫދު ސަރަހައްދުން ކުޑަކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލަ އާއި ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ވަނީ ހައްޔަރުކޮށްފައެވެ.  

މިވަގުތު އެކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗް ގައެވެ. އެކުއްޖާ ފެނުނުއިރު ހަށިގަނޑަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި މޫދުގައި ގިނައިރު އޮތުމުން ސިފަ ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން އަންނަނީ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް