ads
ކަޅު ތަރިންނަށް ބޮލީވުޑުން ފުރުސަތެއް ނެތް؟
އަމަރު ކޯޝިކް ޑައިރެކްޓްކޮށް އަންނަ ނޮވެމްބަރު މަހު ނެރެން ތައްޔާރުވަމުން އަންނަ ފިލްމު، "ބާލާ"ގެ ޓްރެއިލާ އާންމުކުރުމާއެކު އެންމެ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލަކީ ކަޅު ކުދިންނަށް ހަމަ ބޮލީވުޑުން ފުރުސަތު ދުވަހަކު ވެސް ނުލިބޭނެތޯ އެވެ.
އަމަރު ކޯޝިކް ޑައިރެކްޓްކޮށް އަންނަ ނޮވެމްބަރު މަހު ނެރެން ތައްޔާރުވަމުން އަންނަ ފިލްމު، "ބާލާ"ގެ ޓްރެއިލާ އާންމުކުރުމާއެކު އެންމެ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލަކީ ކަޅު ކުދިންނަށް ހަމަ ބޮލީވުޑުން ފުރުސަތު ދުވަހަކު ވެސް ނުލިބޭނެތޯ އެވެ.

ބޮލީވުޑުގެ ބަތަލާ ބޫމީ ޕެޑްނެކާރާއި އަޔޫޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި ފެނިގެންދަނީ ބޫމީ ވަރަށް ބޮޑަށް ކަޅުކޮށްލާފައިވާ ތަނެވެ. ޑާކް ފައުންޑޭޝަނުން އޭނާ ވަރަށް ބޮޑަށް ކަޅު ކޮށްލާފައިވާއިރު ޕޯސްޓަރުތައް ވެސް ހުރީ ހަމަ އެގޮތަށެވެ. އެހެންކަމުން ބޫމީ ފިލްމުން ފެންނާނީ ކަޅު އަންހެނެއްގެ ގޮތުގަކަން އެނގެ އެވެ.

އެއާއެކު ޓްވީޓާގައި ގިނަ ބަޔަކު މިވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން ކަޅު މީހެއްގެ ރޯލުން އޭނާ ދައްކަން ބޭނުންނަމަ އެ ރޯލަށް ކަޅު މީހަކު ނުނެގީ ކީއްވެތޯ އާއި އެއީ ކަޅު މީހުންނަށް ކުރާ މަލާމާތެއް ކަމަށް ބައެއް މީހުން ބުންޏެވެ.

އޭގެ އިތުރުން ދުނިޔޭގައި ކަޅު މީހުން އުޅޭއިރު އެމީހުން އެރޯލަށް ނެގުމުގެ ބަދަލުގައި ދޮން މީހެއްގެ ގައިގައި އަނދިރިކަން ގަދަ ފައުންޑޭޝަން އުނގުޅުމަކީ ވެސް ތަފާތު ކުރުން ކަމަށް ބުންޏެވެ. އަދި ބޮލީވުޑުން ކަޅު މީހުންނަށް ދުވަހަކު ވެސް ފުރުސަތު ނެތީތޯ އާއި އެމީހުންނަށް ވެސް އެދާއިރާއިން ކުރިއެރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ބުންޏެވެ.

ކަޅުކޮށް ތިބޭ ތަރިން ވެސް ބޮލީވުޑުގައި މަސައްކަތް ކުރަމުން އަންނަ ނަމަ މިއަދު އެދުވަސް ދެކެން ނުޖެހޭނެ ކަމަށް ވެސް ބައެއްް ފަރާތްތަކުން ބުންޏެވެ.

އާންމުކޮށް ބޮލީވުޑުން ފެންނަ މޫނުތަކަކީ ވަރަށް ދޮން ތަރިންނެވެ. އެކަމަކު ޕްރިޔަންކާ ޗޯޕްރާ އާއި ބިޕާޝާ ބާސޫ އަދި ކޮންކޮނާ ސެން ސަރްމާ ފަދަ ހަމުގެ ކުލަ ކުޑަކޮށް އަނދިރި ތަރިން ވެސް އުޅެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް