ކިއާރާ ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެއް ފަހަރު ފޭނެއް އޭނާ އާއި ބައްދަލުކުރުމަށް ކުރި ކަމަކުން އޭނާ ވަރަށް ހައިރާންވި ކަމަށެވެ.
ކިއާރާ ބުނީ ހަމައެކަނި އޭނާއި ބައްދަލުކުރުމަށްޓަކައި ފޭނަކު އޭނާ ދިރިއުޅޭ އިމާރާތުން ވަޒީފާއެއް ހޯދި ކަމަަށެވެ. އަދި އޭނާ ކިއާރާ ދިރިއުޅޭ ފަންގިފިލާއަށް ލިފްޓުން ދިޔުމުގެ ބަދަލުގައި އެރީ ސިޑިން ކަމަށް ކިއާރާ ބުނެފައިވެއެވެ.
އަދި އިމާރާތުގެ 27 ވަނަ ފަންގިފިލާއަށް އެރުމަށް ފަހު އެމީހާ އެޕާޓްމެންޓްގެ ޑޯ ބެލް ޖެއްސި ކަމަށާއި ނިކުތް އިރު އެމީހާ ދާހިއްލާ ފޯވެފަ ހުރިތަން ފެނުނު ކަމަށެވެ.
އޭހާވަރަށް ދާހިއްލާފަ ހުރީ ކީއްވެތޯ އެހުމުން އެމީހާ ވަނީ އެއީ ކިއާރާ މުހިއްމު ވަރު އަންގަދޭން ކުރިކަމެއް ކަމަށް ބުނެފައެވެ. އެމީހާ އެހެން ބުނުމުން އެހެން ދެވަނަ ފަހަރު ނުހެދުމަށް އެދުނު ކަމަށާއި އެއީ ވަރުބަލިވެ ނޭވާ ހުސްވާކަހަލަ ކަމެއް ކަމުގައި ވާތީ ކަމަށް ކިއާރާ ވަނީ ބުނެފައެވެ.
އެ ފޭން ވަނީ ސިޑިން 27 ވަނަ ފަންގިފިލާއަށް އެރި އިރުވެސް ކިއާރާއަށް ކޭކަކާއި މާ ބޮނޑިއެއް ގެނެސްދީފައެވެ.
ކިއާރާ ބުނީ އެމީހާ ކަންތައް ކުރި ގޮތް އޭނާއަށް އާދަޔާ ހިލާފު ނަމަވެސް ކިއުޓް ކަމަށެވެ.