ads
ކާތިކް
ދުވަސްތަކަކަށްފަހު ކާތިކްގެ އިތުރު ފިލްމެއް
ދުވަސްތަކަކަށްފަހު ކާތިކްގެ ކުރިއަށްއޮތް ފިލްމް އިއުލާންކޮށްފި އެވެ.
Advertisement

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރު އަދި އެކްޓަރު ޝާހްރުކް ހާންގެ ފިލްމުތައް ދޫކޮށްލުމުން އޭނާގެ މުޅި ކެރިއަރަށް ހިޔަނި އެޅިފައިވާކަމަށް ފިލްމު އިންޑަސްޓްރީ ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނިކޮށް ކާތިކް އޭނާގެ އާ ފިލްމެއްގެ މަސައްކަތް ފޭނުންނާއި ހިއްސާކުރުމުން ގިނަ ފޭނުންތަކެއް ދަނީ ކާތިކްއަށް މަރުހަބާ ކިޔަމުންނެވެ.

އޭނާގެ ކުރިއަށްއޮތް ފިލްމަކީ ނަމާހް ޕިކްޗާއިން އުފައްދާ ސަމީރު ވިދްވާންސްގެ ސާޖިދް ނަދިވަލާ ކޯ ޕްރޮޑިއުސްކުރާ “ސަތިޔަންނާރަންޔަންކީ ކަތާ” އެވެ.

މި ފިލްމުގައި މަސައްކަތްކުރާކަން ހާމަކުރަމުން ބުދަ ދުވަހު ޓްވިޓާގައި ކާތިކް ބުނެފަވަނީ ސާޖިދް އާއިއެކު މަސައްކަތްކޮށްލަން އަބަދުވެސް ބޭނުންވާ ކަމަށާއި އެ ފިލްމަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ.

މި ފިލްމް ރިލީސް ކުރާނީ 2022 ގައެވެ. 

ކާތިކް ވަނީ މިފަހުން ކަރަން ޖޯހަރުގެ ދޯސްތާނާ 2 އިންވެސް ކުއްލި ގޮތަކަށް ވަކިވެގަންފައެވެ.

މީގެ އިތުރުން ކަރަން ޖޯހަރް ވަނީ ކާރްތިކް "އަން ޕޮރޮފެޝަނަލް ބިހޭވިއާގެ" ސަބަބުން ދެން އާއެކު އިތުރަށް މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން 20 ކްރޯޑް ރުޕީސްގެ ގެއްލުންވެފައި ވާކަމަށްވެސް ބުނެފައެވެ.  

ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުން މިއީ އޭނާގެ ކެެރިއަރަށް އެޅިގެންދިއަ ފުރަތަމަ ކަޅު ހިޔަންޏެވެ. ކަރަން ޖޯހަރް ފަދަ ނުފޫޒްގަދަ ޑައިރެކްޓަރުން ފިލްމްތަކުން ވަކިކުރާ އެކްޓަރުންނަށް ވެގެންދާގޮތް މީގެ ކުރިންވެސް ބޮލީވުޑް އިންޑަސްޓްރީން ވަނީ ފެނިގެންގޮސްފައެވެ. 

ކަރަންގެ ފިލްމަށް ފަހު ކާތިކް ވަނީ ޝާހްރުކް ހާންގެ ގުޑްބައި ފްރެޑީ އިން ވެސް ވަކިވެގެންފައެވެ. އެހާ ހިސާބުން އޭނާ ވެގެން ދިޔައީ މުޅި ފިލްމު އިންޑަސްޓްރީގައިވެސް އެންމެ ވާހަކަދެކެވޭ މީހާ ގޮތުގައެވެ. މުޅި ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ ދަރްމާ ޕްރޮޑަކްޝަންސް އަދި ރެޑް ޗިލީސް އެންޓަޓެއިންމެންޓްގެ ފިލްމުތައް ކެރިއަރުގެ ކުރީކޮޅު ދޫކޮށްލުމުން އެއީ އަމިއްލަ ކެރިއަރު ވަޅުލުން ކަހަލަ ކަމެއް ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އެފަދަ ތަރިންނަށް އެއްވެސް ފިލްމުގެ އޮފާއެއް ނުލިބި ކެެރިއަރު ބަރުބާދުވެގެންދާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި އިތުރު އޮފާތަކެއް ނުލިބޭވަރަށް ނުފޫޒުގެ ބޭނުން އެތަރިންނާއި ދެކޮޅަށް ކަރަން ކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް ހަބަރުތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް