ads
ކާޑީ ބީ
ކާޑީ ބީ މިފަހަރުގެ ފާސްޓް އެންޑް ފިއުރިއަސްގައި ފެނިގެންދަނީ؟
ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ ކާޑީ ބީ ފާސްޓް އެންޑް ފިއުރިއަސް ގެ މިފަހަރުގެ ބައިން ފެނިގެންދާނެ ކަމަށް އެ ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ވިން ޑީސަލް ބުނެފިއެވެ.

ވިން ޑީސަލް އިތުރަށް ބުނެފައިވަނީ ފާސްޓް އެންޑް ފިއުރިއަސް ގެ 10 ވަނަ ބައިންވެސް ކާޑީ ބީ ފެނިގެންދާނެކަމަށާއި އޭނާ އެކަމާއި ވަރަށް ހިތްހަމަޖެހި އުފާވާކަމަށެވެ. 

ކާޑީ ބީ ފެނިގެން ދާނީ ވިން ޑީސަލް ގެ ގާތް މީހެއްގެ ރޯލުންނެވެ. ކާޑީ ބީ މިކަމާއި ގުޅޭ ގޮތުން ބުނެފައިވަނީ މި ރޯލަކީ ވަރަށް މުހިންމު ރޯލެއް ކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާ އެ ރޯލު ވަރަށް ރަނގަޅަށް އަދާކޮށްފައި ވާކަމަށެވެ. 

ކާޑީ ބީ ވަނީ މީގެ ކުރިން 2019 ވަނަ އަހަރުގެ މަޝްހޫރު ވެގެން ދިޔަ "ހަސްލާސް" ފިލްމުގައިވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ. 

1982 ވަނައަހަރު އުފަންވެފައިވާ ކާޑީ ބީ އަކީ އެމެރިކާގެ އަންހެން ރެޕުންގެ ތެރެއިން އެންމެ މަޝްހޫރު އަދި ވަރުގަދަ އެކަކު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ފަންނާނެކެވެ.

2001 ވަނަ އަހަރު އުފައްދަން ފަށާފައިވާ ފާސްޓް އެންޑް ފިއުރިއަސް ސީރީޒް ގެ ފިލްމްތަކަކީ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރަމުން އަންނަ ފިލްމްތަކެކެވެ. މި ސީރީޒްގެ 9 ވަނަ ބައިން ކާޑީ ބީ ގެ އިތުރުން މަޝްހޫރު އެކްޓަރު ޖޯން ޝީނާ، ވިން ޑީސަލް، ކްރިސް ބްރިޖު، މައިކަލް ރޫކާ، ނަތާލީ އެމުނުއެލް ގެ އިތުރުން މިޝެލް ރޮޑްރިގޭޒް ވެސް ފެނިގެންދާނެއެވެ. މި ސީރީޒް ގެ 10 ވަނަ ބައި 2022 ވަނަ އަހަރު ނެރޭނެ ކަމަށް ލަފާކުރެވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް