ads
ފޮޓޯ:އިންސްޓަގްރާމް
ރަވީ ބުނަނީ ރިޝްމީއަށް އުދަގޫ ވަންޏާ ވާނީ ރަވީގެ ރޮމޭންޓިކްކަމުންކަމަށް
މަޝްހޫރު ފިލްމީތަރި އައިޝަތު ރިޝްމީއާއި ރަވީ ފާރޫގް އަކީ ފިލްމީ އިންޑަސްޓްރީގެ އެންމެ ލޯބި ކަޕަލްއިން ގޮތުގައި ފާހަގަކޮށްލެވޭ ދެ ފަންނާނުންނެވެ.

މިފަހުން ބައިސްކޯފް ޝޯއަކަށް ރަވީ އާއި މުއާ އެކީގައި އަރާފައިވާއިރު، އެ ޝޯގައިވަނީ، ދެމީހުންގެ އަނބިންނަށް ޓޮލަރޭޓުކުރަން ޖެހޭނެހެން ހީވަނީ ދެމީހުންގެ ކޮން ކަމެއްތޯ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރަވީ ބުނީ، ރޮމޭންޓިކްކަން ކަމަށެވެ. ރަވީ ބުނީ ތަންކޮޅެއް ލޯބިން އުޅޭ ދުވަހަކުވެސް “ކިހިނެތްވީ؟ މިއަދު ކީއްކުރީ؟” ފަދަ ޖުމުލަތައް އަނބިމީހާގެ ދުލުން އަންނާނީ އެއީ ޓޮލަރޭޓް ނުކުރެވޭތީ ކަމަށެެވެ. 

އެހެންކަމުން، ރިޝްމީއަށް ރަވީގެ ޓޮލަރޭޓް ނުކުރެވޭ ސިފައެއް ހުރިއްޔާ ހުންނާނީ ރޮމޭންޓިކްކަން ކަމަށް ރަވީ ބުނެއެވެ.

“ހަމަ ބުނެވޭނީ ޓޮލަރޭޓް ނުކުރެވޭނީ ރޮމޭންޓިކް ކަމޭ” -ރަވީ-

އެ ސުވާލުގެ ޖަވާބުގައި މުއާ ބުނީ، ޓޮލަރޭޓް ނުކުރެވެންޏާ ނުކުރެވޭނީ، ރަނގަޅުވެފައި ވަފާތެރިވުން ކަމަށެވެ. ހަމަގައިމުވެސް ގޯސް އެއްވެސް ސިފައެއް ޓޮލަރޭޓްކުރަން ނުޖެހޭނެކަމަށް މުއާ ބުނެއެވެ. 

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް