މި އެއްބަސްވުން ބިނާވެފައި ވަނީ ކަސްޓަމަރުންގެ ތަޖުރިބާ ބަދަލުކޮށްދޭ ވިޔަފާރި ޕޯޓަލެއް ކަމަށްވާ ބޮލި އޭޕީއައި އަށެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ ޑޮކިއުމަންޓުތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެ އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި މި އޭޕީއައި ފަރުމާކޮށްފައި ވަނީ ވިޔަފާރިތަކުން ރަޖިސްޓްރޭޝަން ޑޭޓާ އާއި އައިޑެންޓިޓީ ޔަގީންކުރަން ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރުމުގެ މަގުސަދުގައި ކަމުގަ އެވެ.
މާލީ އިދާރާތަކުން ދުވާލަކު އެތައް ހާސް ވެރިފިކޭޝަންތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށް، ވިސާމް ވިދާޅުވެފައި ވަނީ ބޮލި އެޕީއައިއިން ޑޭޓާ ވެރިފިކޭޝަން އަވަސްކޮށްދިނުމުގެ އިތުރުން ހިދުމަތްދޭ ފަރާތްތަކަށް ވިޔަފާރިތައް އޮތެންޓިކޭޓް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
މި ޕޯޓަލުން ލިބޭ ފައިދާތަކުގެ ތެރޭގައި ރަޖިސްޓްރޭޝަން އަވަސްވުމާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅުވުމުގެ އިތުރުން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވުން ހިމެނެ އެވެ.
މިއީ އިކޮނޮމިކް މިިނިސްޓްރީން ޑާޓާ ހިއްސާކޮށް، ރައްކާތެރިކަން ކަށަވަރުކުރަން މިފަދަ އެއްބަސްވުމެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.