ads
ކުޑަކުއްޖާ މަރާލައިފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ކުޑަކުއްޖާ ގެއްލިގެން ރިޕޯޓުކުރީ ޖިންސީ ގޯނާގެ ވާހަކަތައް އަޑު އިވިގެން: މަންމަ
މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރީ، ޖިންސީ ގޯނާއާއި ރަހީނުކުރި ކަމުގެ މައުލޫމާތު ލިބުމުން ކަމަށް އެކުއްޖާގެ މަންމަ ބުނެފިއެވެ.

ސީއެންއެމްއާ ވާހަކަދައްކަމުން އެކުއްޖާގެ މަންމަ ބުނީ ކުއްޖާ އެންމެ ފަހުން ގެއިން ނިކުތީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އޭގެ ފަހުން ކުއްޖާގެ ހަބަރެއް ނުވުމުން ހޯދަން މަސައްކަތް ކުރިނަމަވެސް ފުލުހުންނަށް ރިޕޯޓުކުރީ އާދިއްތަ ދުވަހު ކަމަށެވެ.

އަދި ފުލުހުންނަށް ރިޕޯޓުކުރީ ކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރިމަތިވަމުން އަންނަ ކަމަށާއި ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް މަންމަ ބުންޏެވެ. އެނާ ބުނީ އެ ވާހަކަތައް އާއިލާއާ ހިއްސާކުރީ އެކުއްޖާގެ ރަހުމަތްތެރިއެއް ކަމަށެވެ.

ކުއްޖާގެ މަންމަ ބުނީ ޖިންސީ ގޯނާގެ ވާހަކަތައް އެނގުނީ އާދިއްތަ ވިލޭރޭ ފަތިހު ކަމަށާއި އާދިއްތަ ދުވަހު ހެނދުނު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

ބޮޑެތި ޒަހަމުތަކާ އެކު 13 އަހަރުގެ ކުއްޖާ ފޮއްޓަކަށްލައި އެއްލާލާފައި ވަނިކޮށް ފެނުނުއިރުވެސް ކުއްޖާގެ ފުރާނައެއް ނެތެވެ. ގިނަ އިރު ފެނު ތެރޭގައި އޮތުމުން މުޅި މޫނު ވަނީ ކަޅުވެފައެވެ. ބައެއް ތަންތަނުގައި ލޭ ގަނޑުވެފައި ހުރި އިރު އެއް ލޮލުގެ މަސްގަނޑު ވަނީ ބޭރަށް ނުކުމެފައެވެ. އަނެއް ލޯ މެރިފައިވާއިރު ދުޅަވެފައި ހުރިކަމުގެ ނިޝާންތައް ހުއްޓެވެ. 

ފުލުހުން ވަނީ ކުއްޖާ މަރާލުމުގައި ބައިވެރިވި ކަމަަށް ތުހުމަތުކުރެވޭ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ އުފުލާފައިވާކަމަށް ބުނާ ހަތަރު ދައުވާގެ ތެރޭގައި ގަސްތުގައި ކުޑަކުއްޖަކު މެރުމުގެ ކުށާއި ޖިންސީ ގޯނާ ކުރުމުގެ ކުށާއި މާރާމާރީ ހިންގުމުގެ ކުށުގެ އިތުރުން ރަހީނު ކުރުމުގެ ކުށެވެ. 

0%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް