ads
ލިނޯވޯ ވަޔާލެސް ޗާޖަރު
ލެނޯވޯ އިން ވަޔާލެސް ޗާޖަރު ނެރެނީ
ލެޓޮޕް ޗާޖްކުރަން ވަޔަލެސް ޗާޖިން ކިޓެއް ނެރެން ލެނޯވޯ އިން ތައްޔާރުވެއްޖެ އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރެން ނިންމާފައިވާ މި ކިޓަށް ދީފައިވާ ނަމަކީ "ގޯ ވަޔަލެސް ޗާޖިން ކިޓް" އެވެ. މީގައި ހިމެނެނީ ސޯލާ ޕެނެލްތަކެއް ސިފަކޮށްދޭ ކަހަލަ 3.2 މިލިމީޓަރުގެ ޗާޖިން މެޓަކާއި ޗާޖިން ރިސީވަރެކެވެ. ޗާޖިން ރިސީވަރު އިންނަނީ ލެޕްޓޮޕްގެ ފުލުގައި މޮނިޓަރާ ދިމާލުން އަޅުވައިފަ އެވެ. އަދި އެ ޑިވައިސް އިންނާނީ ޔޫއެސްބީ ސީ ޕޯޓަށް ވެސް ގުޅައިލެވޭ ގޮތަށެވެ. 

މި ޑިވައިސް ލެޕްޓޮޕްގައި ހަރުކޮށްފައި ލެޕްޓޮޕް ބަހައްޓާނީ ޗާޖިން މެޓްގެ މަތީގަ އެވެ. އޭރުން ޗާޖް ވާނެ އެވެ. ލެނޯވޯ އިން ބުނީ އެއިން 13-14 އިންޗީގެ ކޮންމެ "65 ވޯޓް ގެ ނަން-ޓަޗް ނޯޓު ބުކް" ލެޕްޓޮޕެއް ވެސް 93 އިންސައްތަ އެފިޝަންސީ އާއި އެކު ޗާޖްކޮށްލެވޭނެ ކަމަށެވެ. ވިންޑޯސް ނުވަތަ މެކްއޯއެސް ލެޕްޓޯޕް ގައި ވެސް މި ޗާޖަރު މަސައްކަތް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ، 

ޗައިނާގެ ލެނޯވޯ އިން ބުނި ގޮތުގައި ވަޔަލެސް ޗާޖިން ކިޓް ވިއްކާނީ 139.99 ޑޮލަރަށެވެ. އޮކްޓޯބަރުގައި ނެރެން ނިންމި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް