ހަބަރު /
އަލިފާނުގައި ގެއްލުން ލިބުނު އާއިލާތަކަށް ތިން މަހުގެ ކުލި ދެނީ
11 އޮކްޓޯބަރ 2019 - 16:33:55
މިދިޔަ މަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކުގެ ތެރެއިން 24 އާއިލާއެއްގެ މީހުން ކުރިން ދިރިއުޅުނު ގެތަކަށް މަރާމާތަށް ފަހުވެސް އަލުން ނުވަދެވޭނެ ކަމަށް ބެލެވޭތީ އެ އާއިލާތަކުން ކުއްޔަށް އުޅެވޭނެ ތަންތަން ހޯދުމަށް އަންގާފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ކުއްޔަށް އުޅޭނެ ތަންތަން ހޯދުމަށް އެމީހުންނަށް މިހާރު އިރުޝާދު ދީފައިވާ ކަމަށާއި އެެގޮތުން އެ 24 އާއިލާގެ ތިން މަހުގެ ކުލި ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 38 އާއިލާއެއްގެ 164 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާގަ އެވެ. އެގޮތުން އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ ގާކޮށީގެ 14 އެޕާޓްމަންޓުންނާއި ބައެއް ގެސްޓުހައުސްތަކުންނެވެ.
އަލިފާނުގައި ގެއްލުން ލިބުނު ހަތަރު ގެއެއް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން އެ ގެތަކުގައި ދިރިއުޅޭ ހަ އާއިލާއެއްގެ 28 މީހުން މީހުން އެ މީހުން އުޅެމުން އައި ގެތަކަށް އަންނަ ހަފުތާގައި ބަދަލުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް