ads
މުހައްމަދު ގަސަމް-- ފޮޓޯ: އެސްޓީއޯ
އެމްޑީޕީގެ އަހަރީ ދުވަހު ގަސަމް ގެ އާދޭސް ދެ ރައީސުންނަށް
އެމްޑީޕީގެ އެތެރޭގައިވާ ބައިބައިވުން ފިލުވާލައި ޕާޓީގެ ސަފުތައް ރުކުރުވާލަ ދެއްވުމަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ގަަސަމް ދެރައީސުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
Advertisement

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވައި ގަސަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީ ތެރޭގައިވާ ބައިބައިވުން ފިލުވައި ޕާޓީގެ ސަފުތައް ރުކުރުވާލާ ދެއްވުމަށް އެދި އާދޭހާއެކު ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ސޯލިހަށް ދަންނަވާ ކަމަށެވެ.

މިކަމާ ގުޅިގެން ގަސަމް ސީއެންއެމް އަށް ވިދާޅުވީ، އެފަދައިން ދަންނަވަން ޖެހުނީ ބައެއް ކަހަލަ ކަންތައްތަކުގައި ދެ ބޭފުޅުންނަށް އެއް ގަލަކަށް ނޭރި ދެބަސްވެ، އެކަހަލަ ކަންތަކެއް ފާހަގަވެފައިވާތީ އާއި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުންވެސް އެކަހަލަ އަޑުތަކެއް އިވިފައި އޮތުމުން ކަމަށެވެ. 

މިހާރު ޕަޓީގެ ކަންތައް ދާގޮތުން އެމްޑީޕީ ދެބައިވެދާނެކަމަށް ގަބޫލުފުޅު ކުރެވޭތީ މިއަދަކީ އެކަން އެގޮތަށް ވިޔަ ނުދިނުމަށް އެދެން އެންމެ މުނާސަބު ދުވަސް ކަމަށް ގަސަމް ވިދާޅުވިއެވެ.

"މިހާރު ދެން ކަންތައް މި ދާގޮތުން އަޅުގަނޑުމެންގެ ޕާޓީ ބައިބައިވެ، އެކަންކަމަށް ގޮސްދާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އަޅުގަނޑު މިއަދު ހިތައްއެރީ މި ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މީ ހަމަ މުނާސަބު ދުވަހެކޭ ދެ ލީޑަރުންނަށް އެ މެސެޖު އަޅުގަނޑުގެ ފަރާތުން ދިނުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ." ގަސަމް

ގަސަމް ވިދާޅުވީ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވީ ނަމަވެސް ޕާޓީއަށް 16 އަހަރު ފުރިގެން ދިޔަ އިރު އެމްޑީޕީ އުފެދިގެން އައި މަގްސަދު ހާސިލުވަމުންދާ ކަމަށާއި، އެމްޑީޕީ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ އަދުލު ގާއިމުކޮށްދެމުންދާ ކަމަށެވެ.

"ހަގީގަތަކީ ބަޔަކު ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް ރާއްޖޭގަ މި ހިނގާ ނޭއްގާނީ ކަންތައްތައް ހަމަ އެމްޑީޕީ ސަރުކާރުގަ ދާނީ ރަނގަޅަށް. ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ނޫނީ ވަޒީރަކުވެސް ހާއްސަކޮށް ކޮރަޕްޝަނަށް މަގުފަހިވާ ޒާތުގެ ކަމެއް ކޮށްފިއްޔާ އެމީހަކު މަގާމަކު ނުބަހައްޓާނެ. ހާއްސަކޮށް އަޅުގަނޑާ ވަރަށް ގާތުން މަސައްކަތްކުރެއްވި ދެ ބޭފުޅުން ރައީސް ނަޝީދު އަދި ރައީސް ސޯލިހުވެސް އެއީ. ދެބޭފުޅުންނަކީވެސް އެކަހަލަ ކަންތައްތަކާ ވަރަށް ދެކޮޅު އިންސާފާ ހަމަހަމަކަމަށް ލޯބިކުރާ ކަރަޕްޝަނާ ދެކޮޅު ދެ ލީޑަރުން." ގަސަމް

އެހެންކަމުން އެމްޑީޕީ ވެރިކަމުގައި ތަފާތު ދައްކާނެ ކަމަށާއި، ރައްޔިތުންނަށް މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން ލިއްބައިދޭކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ގަސަމް ވިދާޅުވިއެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް