ads
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ރައީސް ނަޝީދު، ރައީސް ސޯލިހްއަށް: ފަހަތު ފަހަޔަށް ބުރަވެވަޑައިނުގަންނަވާ
ފަހަތުފަޔަށް ބުރަވެވަޑައިނުގަންނަވާ، ގައުމު ސަލާމަތްކުރަން ނިކުންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިިފި އެވެ.
Advertisement

އެމްޑީޕީގެ 16ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "އެމްޑީޕީ ހަރުގެ ކްލަބް ހައުސް" ލޯންޗުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަބަދުވެސް ވަކާލާތު ކުރަމުންއައީ ހިފާ ހައްޔަރުކެރެވެންޖެހޭނެ، ޖިނާއީ ދައުވާކުރެވޭނެ، އަދި ތަހުގީގު ހިންގާނެ އުސޫލުތަކެއް ވަކި ހަމަތަކެއް އޮންނަން ޖެހޭނެކަމަށް ކަމަށާއި، އެހެންނަމަވެސް މިއަދު ގައުމަށް ދިމާވެގެން އުޅެނީ ކުޑަކަމެއް ނޫންކަމަށެވެ.  

އެހެންކަމުން ބަންދަށް 10 ދުވަސް، ނުވަތަ ފަސް ދުވަސް ޖަހާ ދޫކޮށްފައި ހުރިހާ އެންމެން މަގުމަތީގައި ތިބެވޭނެގޮތް ހައްދަވައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅިވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ބްރިޖްވެސް، އެއްދަންފަޅިއަށް ކިޔަވާދިނުންވެސް، މަތީތައުލީމުގެ ފުރުސަތާއި، ވަޒީފާގެ ފުރުސަތުވެސް ބޭނުންކަން ގަބޫލުކުރައްވާ ކަމަށާއި، އެހެންނަމަވެސް ދިރިހުރުމުގެ ހައްގަކީ އެންމެ މުހިންމު އެއް ހައްގު ކަމަށެެވެ. އަބަދުވެސް މިހާރު ވަކާލާތުކުރަންޖެހިފައި މިއޮތީ ދިރިހުރުމުގެ ހައްގަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ފަހަތު ފަޔަށް ބުރަނުވެ، ކުއްލިއަކަށް ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.

އެގޮތުން ކުއްލިއަކަށް ގިނަ ބަޔަކު ހައްޔަރުކޮށްގެން ނަމަވެސް މިހާރު ދިވެހި ރާއްޖެއަށް ދިމާވާން މިއުޅޭ ކަންކަމުން އަރައިގަންނަން އެބަޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، "މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖޭ" ބުނުން އެއީ އެމަނިކުފާނު ވަކާލާތު ކުރަންޖެހޭނެ ކަމެއްކަމަށް އެއްވެސް އިރެއްގައި ހިތަށް ނާރާ ކަަމަށެވެ.

އެހެންނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެއް ކުރަންޖެހޭނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ ފަހަތުފަޔަށް ބުރަނުވެ ގައުމު ސަލާމަތް ކުރަން ތެދުވުމަށް ރައީސް ސޯލިހްއަށް ގޮވާލައްވާފައެެވެ. 

"ރައީސް ޖުމުހުއްރިއްޔާ އަރިހު ވަރަށްް ސާފުކޮށް ދަންނަވަން ބޭނުން. އަވަހަށް ފަހަތު ފަޔަށް ބުރަވެވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާނު މިހާރު ނިކުންނަވާން ޖެހޭނެ" ރައީސް ނަޝީދު 

މިރޭ ކްލަބް ހައުސްގައި ކުރިއަށްދިޔައީ އެމްޑީޕީއަށް 16 އަހަރު ފުރިގެންދިޔުމާއި ގުޅިގެން "އެމްޑީޕީ ހަރުގެ" ލޯންޗު ކުރުމެވެ. އަހަރީ ދުވަހާއި ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް އެ ޕާޓީން ކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ މީޑިއާތަކެއްގައި މުޅި ދުވަހު އެމްޑީޕީގެ ޓޯކްޝޯތަކެއް ބޭއްވުމަށާއި، އޭގެފަހުން އެކި ތާރީހުތަކުގައި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދާން އެ ޕާޓީން ވަނީ ނިންމާފައެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް