
އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި ބައިނޭންސް އިން އެއްވެސް "ރެގިއުލޭޓަޑް އެކްޓިވިޓީ" އެއް ޔޫކޭގައި ނުކުރެވޭނެއެވެ.
އެ އޮތޯރިޓީން ވަނީ ބައިނޭންސް ބޭނުން ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މިކަމުގެ ސަބަބުން ވެބްސައިޓް މެދުވެރިކޮށްދޭ ހިދުމަތްތަކަށް މާބޮޑު ބުރޫއެއް ނާރާނެކަމަށް ބައިނޭންސުން ބުނެފައިވެއެވެ. މިވެބްސައިޓަކީ ޔޫކޭ ބޭސްޑް ވެބްސައިޓަކަށް ނުވުމުން މި ވެބްސައިޓް ބޭނުންކޮށްގެން ކްރިޕްޓޯ ކަރަންސީ ގަނެވިއްކުމުގެ މުއާމަލާތުގެ ޔޫކޭ ރައްޔިތުންނަށް މިކަމުގެ ސަބަބުން އަސަރެއް ނުކުރާނެއެވެ.
އެފްސީއޭ އިން ކްރިޕްޓޯ ކަރަންސީ ރެގިއުލޭޓް ނުކުރި ކަމުގައި ވިޔަސް ކްރިޕްޓޯ ކަރަންސީގެ މުއާމަލާތެއް ހިންގަން ޖެހޭނީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ވުމަށް ފަހުއެވެ. ނަމަވެސް ބައިނޭންސް އެފްސީއޭގައި ރަޖިސްޓްރީވެފައި ނުވުމުން އެ ވެބްސައިޓް ވަނީ އެފްސީއޭއިން ބޭންކޮށްލާފައިއެވެ.
ބައިނޭންސް އަކީ ދުނިޔޭގައި އެންމެ ވަރުގަދަޔަށް ކްރިޕްޓޯ ކަރަންސީ ގެ މުއާމަލާތުކުރާ ވެބްސައިޓެވެ.