ads
އިޝާން
އިޝާންގެ ފެވަރިޓް ޔޯގާ ޕާޓްނަރަކީ މިއީ!
ބޮލީވުޑްގެ އަރައިގެން އަންނަ ތަރި އިޝާން ކައްޓާރަކީ ޒުވާން އުމުރުގައި ޔޯގާއަށް ލޯބި ޖެހިފައިވާ މަދު ތަރިންގެ ތެރެއިން ތަރިއެކެވެ.

ދާދި ފަހުން އިޝާން ވަނީ އިސްޓަގްރާމްގައި ސުވާލާއި ޖަވާބު ސެޝަނެއް ބާއްވާފައެވެ. އެ ސެޝަންގައި އޭނާ ވަނީ ފޭނުންގެ ގިނަ ސުވާލުތަކަށް ޖަވާބުދީފައެވެ.

އެގޮތުން ފޭނަކު ވަނީ އިޝާންގެ ފެވަރިޓް ޔޯގާ ޕާޓްނަރަކީ ކާކުތޯ؟ ސުވާލުކޮށްފައެވެ. އިޝާން ޖަވާބު ދިނީ ފޮޓޯއަކުންނެވެ.

your imageއިޝާން ޖަވާބުގައި ޕޯސްޓްކުރި ފޮޓޯ

އިޝާން ޖަވާބުގައި ޕޯސްޓްކުރި ފޮޓޯއިން ފެންނަނީ ކުޑަކުޑަ ކުއްޖެކެެވެ. ފޮޓޯ ކެޕްޝަންގައި “މި ކުޑަކުޑަ އެލްފް” ޖަހާފަ އިނެވެ.

ފޮޓޯ ޒޫމްކޮށްލުމުން ޕެއިޑް ޕްރޮމޯޝަން ބައި އަނަންޔާ ޕާންޑޭ ޖަހާފަ އިންނަތަން ފެނިގެންދެއެވެ. 

އެހެން ކަމުން އިޝާންގެ ފެވަރިޓް ޔޯގާ ޕާޓްނާ އަކީ އަނަންޔާ އެވެ. 

އިޝާން އާއި އަނަންޔާ އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމަކީ ޙާލީ ޕީލީ އެވެ. ސްޓޫޑަންޓް އޮފް ދަ އިޔާ ދެއަކުން އަނަންޔާ ބޮލީވުޑަށް ނުކުތްއިރު އިޝާން ބޮލީވުޑަށް ނިކުތީ ދަޅަކް އިންނެވެ. އެކަމަކު އޭނާގެ ފުރަތަމަ ފިލްމަކީ ބިޔޯންޑް ދި ކްލައުޑްސް އެވެ.

ޙާލީ ޕީލީއަށް ފަހު ދެތަރިން ރައްޓެހިވެގެން އުޅޭކަމުގއ އަޑު ފެތުރުނަސް އެ ދެމީހުންވެސް އެކަމަކަށް އެއްބަސްވެފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް