ހަބަރު ލިބިފައިވާ ގޮތުގައި މި ފިލްމަށް ބޮނީ ކަޕޫރު ނަގާނީ ވަރަށް ވަރުގަދަ އަދި ޑިޕެންޑަބަލް އެކްޓަރެކެވެ.
މިހާރު ބޮނީ ކަޕޫރު އަޖޭ ދޭވްގަނާއި އެކު ހަދަން ފަށާފައިވާ "މައިދާން" ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު އޭނާ ދެން ފަށަނީ އޭނާ ގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރާއި އެކު 2019 މަލަޔާލަމް ފިލްމެއް ކަމުގައި ވާ "ހެލެން" ގެ މަސައްކަތެވެ. މި ފިލްމުގެ ކަންތައް ނިންމާލުމަށް ފަހު އޭނާ ދެން ފަށަން ނިންމާފައިވަނީ އޭނާ ގެ ފިރިހެން ދަރިފުޅު އަރުޖުން ކަޕޫރާއި އެކު ހަދަން ނިންމާފައިވާ 2019 ވަނަ އަހަރުގެ ތެމިލް ފިލްމެއް ކަމުގައިވާ "ކޮމާލީ" ގެ ރިމޭކްއެވެ.
"ވަން" ގެ ރިމޭކް އާންމުނަނާއި ހަމައަށް 2022 ވަނަ އަހަރު އަންނާނެކަމަށް އިންޑިޔާގެ އެންޓާޓައިންމަންޓު ހަބަރު ގެނެސް ދޭ އީ ޓައިމްސް ގައި ބުނެފައިވެއެވެ.
"ވަން" މި ފިލްމުން ދައްކުވައިދީފައިވަނީ ޗީފް މިނިސްޓަރެއްގެ ޑިއުޓީ އާއި އޭނާ އަށް ދިމާވާނެ އެކި އެކި ކަންކަަމެވެ. މި ފިލްމުގައި ކެރެލާ ގެ ޗީފް މިނިސްޓަރުގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ކަންދަކާލް ޗަންދުރަން (މަމްމޫޓީ)އެވެ. މި ފިލްމުން ފެނިގެން ދަނީ އޭނާ ކެރެލާ ސްޓޭޓުން ކޮރަޕްޝަންގެ ވަބާ ނައްޓާލަން ކުރާ މަސައްކަތެވެ.