ads
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެމްޑީޕީން ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓު ރިޒްނާ ޒަރީރު ވޮލެންޓިއަރުކޮށް މަސައްކަތް ކުރައްވަނީ: ފޮޓޯ ރިޒްނާ
ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ މުވައްޒަފުންގެ މައްސަލައެއް ނެތް: އެޗްއާރުސީއެމް
ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ މުވައްޒަފުންގެ މައްސަލައެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ މެންބަރު މަރިޔަމް މުނާ ވިދާޅުވީ އެ ފެސިލިޓީއަށް އެޗްއާރުސީއެމުން ކުރި ޒިރަތްތަކުން މުވައްޒަފުންގެ މައްސަލަތަކެއް ފާހަގަ ނުވި ނަމަވެސް، ދިމާވި މައްސަލައަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ބަލި މީހުން ތިބި މިންވަރާ އެއްވަރަށް މުވައްޒަފުން ނެތުންކަމަށެވެ. 

މޭ 25 ވަނަ ދުވަހާ ޖޫން މަހުގެ 17 ވަނަ ދުވަހު އެޗްއާރު ސީއެމުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ގޮސްފައިވެއެވެ. 

"މޭމަހުގެ 25 ވަނަ ދުވަހު ކުރި ޒިޔާރަތުން ފާހަގަވެފައިވަނީ މޭންޕަވާ ޝޯޓޭޖާ ހެދިކަން ކެޕޭސިޓީއާ ނުބައްދަލު އަދަދަކަށް މުވައްޒަފުން ތިބީ. މުވައްޒަފުންނާ ނުބައްދަލު އަދަދަކަށް ޕޭޝަންޓްސް ތިބީމަ އެކަންތައްތަކުގެ ސަބަބުން ވެގެން އައި ދަތިތަކެއް. ހެލްތްކެއާ ވޯކާސްގެ ނެގްލިޖެންސް އެއް އެއްވެސް ކަހަލަ ފަރުވާކުޑަކުރުމެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނުވޭ. އެބޭފުޅުން ހިދުމަތް ދެއްވަމުން ގެންދެވީ ސެލްފްލެސްކޮށް. މަސައްކަތް ކުރަމުން ގެންދިޔައީ ވަރަށް ރަނގަޅަށް. ވަރަށް ބަލައިގެން،"

އެހެން ނަމަވެސް ދިމާވި މައްސަލައަކީ އެތަނުގެ ކެޕޭސިޓީއަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ނެތުންކަމަށް ވެސް މުނާ ހާމަކުރެއްވިއެވެ. 

ނަމަވެސް މިހާރު އެޗްއާރުސީއެމްގެ ރިކޮމަންޑޭޝަނާއި ގުޅިގެން އެ ފެސިލިޓީއަށް ގިނައަދަދަކަށް ސްޓާފުން ގެނެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އެގޮތުން އެންމެ ފުރަތަމަ އެތަނަށް ދިޔައިރު މުވައްޒަފުންގެ ގޮތުގައި 192 ބަލި މީހުން އެ ފެސިލިޓީގައި ތިބި ކަމަށެވެ. ނަމަވެސް މިހާރު އެ ފެސިލިޓީގައި ތިބީ 32 ވަރަކަށް މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް