ads
ރޭކާ---
ރޭކާއަށް 65 އަހަރު، މިއީ ކުރިން ނުފެންނަ ފޮޓޯތަކެއް!
ބޮލީވުޑްގެ ކުރީގެ ބަތަލާ ރޭކާ އަށް އިއްޔެ 65 އަހަރު ފުރިއްޖެއެވެ.
ބޮލީވުޑްގެ ކުރީގެ ބަތަލާ ރޭކާ އަށް އިއްޔެ 65 އަހަރު ފުރިއްޖެ އެވެ.

ރޭކާ އަކީ ބޮލީވުޑު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ކުޅަދާނަ އެކްޓަރެކެވެ. އޭނާއަށް އިއްޔެ 65 އަހަރު ފުރިފައިވާއިރު އޭނާއަށް ގިނަ ބަޔަކު އަންނަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.

ރޭކާގެ ކުރީގެ ބައެއް ފޮޓޯތައް:













ރޭކާ ވަނީ 1990 ގައި ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް ހަމަ އެއަހަރު އެ ކައިވެނި ވަނީ ރޫޅިފައެވެ. ރޭކާގެ ދަރިއަކު ނުހުރެ އެވެ. ފިލްމެއްގައި މަސައްކަތް ނުކުރާތާ ގިނަ އަހަރުތަކެއް ވީނަމަވެސް އޭނާ އަންނަނީ އަބަދުވެސް އެވޯޑު ޝޯތަކުގައި ބައިވެރިވަމުންނެވެ.

ގިނަ އެވޯޑުތައް ހޯދާފައިވާ ރޭކާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އެގޮތުން އޭނާ މަސައްކަތް ކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ސިލްސިލާ" އާއި "ކޫބްސޫރަތު" އާއި "ހޫން ބަރީ މާންގް" އަދި "ސުހާގް" ހިމެނެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް