ads
މުބާރާތުގައި ވާދަކުރި ރިލޭ ޓީމުގައި ހިމެނި އަންހެން ދުވުންތެރިޔާ
އިންޑިއާ ދުވުންތެރިޔާ ލައިގެން ހުރީ ރާއްޖޭގެ ގައުމީ ޖޯޒީއެއް ނޫން
އިންޑިއާގައި ކުރިއަށްދިޔަ އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި އިންޑިއާގެ އެތުލީޓަކު ހިމަނައިގެން ދުވިއިރު، އެ ދުވުންތެރިޔާ ލައިގެން ހުރީ ރާއްޖޭގެ ގައުމީ ދުވާ ކިޓު ނޫން ކަމަށް އޮލިމްޕިކްސް އެސޯސިއޭޝަނުން ބުނެފިއެވެ.

ރާއްޖޭގެ ޖޯޒީ ލައިގެން އިންޑިއާގެ ކުޅުންތެރިޔަކު ދުވެފި ކަމަށް ބުނެ ނޫސްތަކުގައި ވަނީ ހަބަރު ފެތުރިފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޮލިމްޕިކްސް އެސޯސިއޭޝަނުންއަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން އެއެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ އިންޓަ ސްޓޭޓް ސީނިއަ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއަން ގްރޭންޑް ޕްރީ 4 ގައި ރާއްޖޭގެ ޖާޒީގައި އިންޑިއާގެ އެތުލީޓަކު ދުވެފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކައަކީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކައެއް ކަމަށާއި އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައި ނުވާ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ގައުމެއްގެ ރަށްވެހިކަން އޮންނަ ރައްޔިތުންނޫން ބަޔަކަށް އެގައުމު ތަމްސީލްކުރުމުގެ ފުރުސަތު ވެސް ނޯންނަ ކަމަށާއި އެފަދަ ކަމެއް އެ އެ އެސޯސިއޭޝަނުން ނުކުރާނެ ކަމަށެވެ.

މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން އެ އެސޯސިއޭޝަނުން ބުނީ އިންޑިއަން އިންޓަ ސްޓޭޓް ސީނިއަ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއަން ގްރޭންޑް ގައި ވާދަކުރުމަށް ފުރުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓް ނަތީޖާ ލިބުނު އިރު އަންހެން ޓީމްގެ 1 ދުވުންތެރިޔާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި ޓީމުގައި ބައިވެރިވާން ޖެހެނީ 4 އެތްލީޓުން ކަމަށްވުމުން އެ މުބާރާތުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. 

އަދި ރާއްޖޭގެ އެތުލީޓުން އިންޑިއާއަށް ގޮސް މުބާރާތުގައި ވާދަ ނުކޮށް އަނބުރާ އައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ އެކުދިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރިލޭގައި ވާދަ ކުރުމުގެ ފުރުޞަތު މުބާރާތް ރާވާ ފަރާތުން އެ ތިން ކުދިންނަށް ދިން ކަމަށެވެ. 

"އެއީ ރާއްޖެގެ 3 އެތުލީޓުންނަށް ދެވުނު ފުރުޞަތެކެވެ. އެއްވެސް ހާލެއްގައި ރާއްޖޭގެ ޤައުމީ ޓީމަށް ލިބުނު ފުރުޞަތެއް ނޫން ކަމުގައި ދެންނެވީމެވެ. އެގޮތުން އެ 3 އެތުލީޓުންނާއި އިންޑިއާގެ އެތުލީޓަކު ހިމަނައިގެން މުބާރާތުގެ ރިލޭ އިވެންޓުގައި ޓީމެއް ބައިވެރި ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ވަނީ އެސޯސިއޭޝަނުން ހިފާފައެވެ." އޮލިމްޕިކްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެ އެސޯސިއޭޝަނުން ބުނީ އެއީ ތަޖުރިބާ ހޯދުމުގެ އިވެންޓެއް ކަމަށެވެ. އަދި ރާއްޖޭގެ 3 އެތުލީޓުންނާއި އިންޑިއާގެ އެތުލީޓް ދުވި އިރު ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ދުވާ ކިޓު ނޫން ކަމަށާއި ރިލޭގައި ވާދަކުރާ ހުރިހާ އެތުލީޓުންވެސް ތިބެން ޖެހެނީ އެއްވައްތަރެއްގެ ހެދުމެއްގައި ކަމުން، 4 އެތުލީޓުންވެސް އިވެންޓްގައި ބޭނުންކޮށްފައިވަނީ ޕްރެކްޓިސް ޓީޝާޓެއް ކަމަށެވެ.

މި ދެ މުބާރާތުގައި ރާއްޖޭގެ އަންހެން 3 އެތުލީޓާއި އިންޑިއާގެ އެތުލީޓަކު ހިމެނޭގޮތަށް 100މ ރިލޭގައި 3 ފަހަރު ދުވެފައިވާއިރު 3 ދުވުމުގެ ތެރެއިން 1 ދުވުމުގައި ރާއްޖޭގެ ގައުމީ ރިކޯޑަށްވުރެވެ ބާރަށް ވަނީ ދުވެފައި ކަން ވެސް އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

ނަމަވެސް މިއީ ރާއްޖޭގެ ގައުމީ ޓީމް ވާދަކޮށްފައިވާ އިވެންޓަކަށް ނުވާތީ، މި ރިކޯޑް އެސޯސިއޭޝަނުންވެސް އަދި ވާލްޑް އެތުލެޓިކްސް އިން ވެސް ރެޓިފައި ނުކުރާކަމަށް އޮލިޕްމިކްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް