ރ. އިނގުރައިދޫ ކައިރީ އޮތް ފަޅެއްގެ ބޭރުގައި ފީނަން އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވޭނެ އިތުރު ގޮތެއް ނެތިގެން އޭނާގެ ފައި ބުރިކޮށްލައިފި އެވެ.

Advertisement
ރ. އިނގުރައިދޫ ކައިރީގައި އޮތް ފަޅެއްގެ ބޭރުގައި ފީނަން އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވޭނެ އިތުރު ގޮތެއް ނެތިގެން އޭނާގެ ފައި ބުރިކޮށްލައިފި އެވެ.
ޑިންގީގައި ޖެހި ފައި ބުރިވީ އިންނަމާދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަބްދުﷲ ހަލީމްގެ އެވެ. އޭނާގެ ވާއަތު ފައިގެ ކުޑަހުޅު ކައިރި ވަކި ނުވެ އޮތީ ހަންކޮޅެކެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު އޭނާއަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އާއިލާއާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ފައި ގުޅުވޭނެ އިތުރު ގޮތެއް ނުވެގެން މިއަދު ވަނީ އޮޕަރޭޝަނެއްކޮށް ފައި ބުރިކޮށްލާފަ އެވެ.
އެގޮތުން ކަކުލު ހުޅުން ތިރިން ފައި ބުރިކޮށްލާފައިވާއިރު އޭރުން މަސްނޫއީ ފައެއް ޖަހައިގެން އުޅެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދޭކަމަށް ވެސް އޭނާގެ ބޭބެ އަބްދުﷲ ލަތީފްއާ ހަވާލާދީ ނޫސްތަކުގައި ވެއެވެ.
އައިސީޔޫގައި އޭނާއަށް މިހާރު ފަރުވާދެމުން އައި ނަމަވެސް ހާލު ރަނގަޅު ކަމަށް ވެސް ވެއެވެ.