ލ. އަތޮޅުވެހިގޭ ކުރިމައްޗަށް ހުންނަ ސެލެކްގެ ގުރައުންޓް ފުލޯގައި ގޭތެރޭ ސާމާނާއި ކާބޯތަކެއްޗާއި ބުކްސް ޝޮޕާއި ހާޑްވެޔާގެ ސާމާނަށް ހާއްސަ ކުރެވިފައިވާއިރު، ފުރަތަމަ ބުރި ހާއްސަކޮށްފައިވަނީ ކޮސްމެޓިކްސް އާއި އަންނައުނާއި ކުޅޭސާމާނާއި ފައިވާނާއި ބޫޓްގެ އިތުރުން ފޮތްޗަށެވެ.
ސެލެކް ޑިޕާޓްމެންޓް ސްޓޯރުގެ އެންމެ ހާއްސަ ކަމަކީ ސެލެކް ގުރައުންޑް ފްލޯގައި ސެލެކް ކެފޭ ނަމުގައި ލުއިބުއިންތަކަށް ހާއްސަކޮށް ކެފޭއެއްގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދިއުމެވެ. ފިހާރަތެރޭގައި ގާއިމްކޮށްފައިވާ ސެލެކް ކެފޭއިން ލުއިބުއިންތަކުގެ އިތުރުން ޕޭސްޓްރީ ވެސް ލިބެން ހުރެއެވެ.
ސެލެކްގެ ޕްލޯ އެކްޒެކްޓިވް ވިދާޅުވީ ސެލެކުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.
"އާންމުކޮށް ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ސާމާނެއް ސެލެކުން ހުސްނުވެ ބެހެއްޓޭތޯ އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަން. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެލެކް އިންސްޓޯލްމެންޓް ސްކީމަކީވެސް ކަސްޓަމަރުން ޑިމާންޑް ބޮޑު ޕޮރޮޑެކްޓެއްް ކަމަށާއި މަހުން މަހުން ފައިސާ ދައްކާ ގޮތަށް ތަކެތި ނެގުމަށް ކަސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމެވެ.
އޭނާ ވިދާޅުވީ ރާއްޖޭން ބޭރުން މުދާ ގެނައުމަށް ކޮވިޑުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމާއި މިކަމުގެ ސަބަބުން ވިޔަފާރިއަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ.
އެއްފުރާނެއްގެ ދަށުން އާންމު ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ސެލެކްގައި ދިވެހި މުވައްޒަފުންގެ އިތުރުން ޕިލިޕީސް، ބަންގުލަދޭސް އިންޑިއާ މުވައްޒަފުން މަސައްކަތް ކުރަމުންގެންދެއެވެ.