ads
އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދަނީ--
ގަލްފް އޮފް މެކްސިކޯ ކަނޑުމެދުގައި އަލިފާން ރޯވެއްޖެ
އެޓްލާންޓިކް ކަނޑާ ގުޅިފައި އޮންނަ ގަލްފް އޮފް މެކްސިކޯގެ ކަނޑުގައި ރޯވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގަލްފް އޮފް މެކްސިކޯގެ ކަނޑު މެދުގައި ރޯވެފައިވަނީ މޫދުގައި އަޑީގައި އޮތް ތެޔޮ ހޮޅިއެއް ފަޅައިގެން ގޮސް ތެޔޮ ލީކުވުމުގެ ސަބަބުންނެވެ.

އޭބީސީ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލީކުވެފައިވާ ތެޔޮ ހޮޅިއަކީ މެކްސިކޯގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޕެމެކްސްގެ ތެޔޮ ހޮޅިއެކެވެ. އަދި ތެޔޮ ލީކުވެފައިވަނީ އެ އެ ކުންފުނީގެ ކޫ މަލޫބް ޒާޕް ޑިވޮލޮޕްމެންޓް އާ ގުޅޭ ހޮޅިއަކުން ކަމަށެވެ.

ޕެމެކްސް އިން ނެރުނު ބަޔާނުގައި ވަނީ އެ ސަރަހައްދުގެ ފެސިލިޓީތަކަށް ބޯކޮށް ވާރޭ ވެހި ހޮނު އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި މިކަން އިތުރަށް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް ކަނޑުގެ މަތީ ފަށަލައިގައި ރޯވެފައިވަނީ ކޯއްޗެއްކަން އެ ކުންފުނިން ހާމަކޮށްފައެއްނުވެއެވެ.

އެތާނގައި ރޯވިތާ ފަސް ގަޑިއިރު ތެރޭގައި އަލިފާން ނިވާލާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް