ads
ރައީސް އޮފީސް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް 3 ވަނަ ފަހަރަށް ހުޅުވައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަނެއްކާ ވެސް އަލުން ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލާން ތިން ވަނަ ފަހަރަށް ހުޅުވާލި އިރު މިދިޔަ އެފްރީލް މަހު ތެރޭގައި ރައީސަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވި އެވެ. ނަމަވެސް އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.

ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ތިން ވަނަ ފަހަރަށް ހުޅުވާލީ އެންމެ ފަހުން ފޮނުވި ތިން ނަމަށް ރުހުން ދޭން ނުފެންނަކަމަށް ކޮމެޓީން އެންގުމާ ގުޅިގެން މިއަދު އެވެ.

ރައީސް އޮފީހުން ބުނީ، އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމްތައް ބަލައިގަތުން ކުރިއަށްދާނީ ޖުލައި މަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ އިތުރުން ރައީސްު އޮފީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް