ads
ހިޔާ ޔޫނިއަންއިން މިނިސްޓަރާއި ބައްދަލުކުރުން
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވައިފި
ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ލޯއިންކަމް މީހުންނަށް ދައުލަތުން ސަބްސިޑީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނޭ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަރުވައިފި އެވެ.

ފްލެޓް ލިބުނު ފަރާތްތަކުން "ހިޔާ ޔޫނިއަން" ގެ ނަމުގައި ހިންގާ ޓީމަކުން މިއަދު ވަނީ ހައުސިން މިނިސްޓަރު އަސްލަމްއާއި، އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު އަދި ރައީސް އޮފީހުން ހުޝާމް އާއެކު އެވުޒަރާތަކުގެ ކަމާއި ގުޅޭ ޓެކްނިކަލް މުވައްޒަފުންނާއިއެކު ބައްދަލު ކޮށްފައެވެ.

މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ފްލާހްގެ އެހީތެރިކަމާއެކު އިންތިޒާމު ކުރި އެ ބައްދަލުވުން ކުރިއަށް ދިޔައީ ހައުސިން މިނިސްޓްރީގަައި މިއަދު 11:00 އިން 12:45 އަށެވެ.

މި ބައްދަލުވުމުގައި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ހައުސިން މިނިސްޓަރު ވަނީ އުންމީދީ ވާހަކަތަކެއްގެ ޔަގީންކަން ދެއްވާފައެވެ. އޭގެ ތެރޭގައި ފްލެޓްތަކުގެ އަގު ކުޑަކުރުމަށް އެެ ޔޫނިއަންއިން ކުރި މަޝަވަރާތަކަށް ފަހު ލޯއިންކަމް ބޭފުޅުންނަށް ދައުލަތުން ސަބްސިޓީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނޭ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރ ދެއްވިކަމަށް އެ ޔޫނިއަންއިން ބުނެއެވެ. 

އަދި ތިން މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އިންޓީރިއަ ފިނިޝިން ނުނިންމޭ ފަރާތްތަކަށް ގްރޭސް ޕީރިއެޑް އިތުރުކޮށް ދޭނޭ ކަމުގެ ޔަގީންކަމާއި، ޕެޓިޝަނާއި ގުޅޭ ޖަވާބުނުދެވި ވަނީ ދައުލަތަށް އުފުލަންޖެހޭ ބުރަ ބޮޑުވުމުގެ ސަަބަބުން އަގު ކުޑަކުރަން ދަތިވާތީ ކަމަށާއި، ނަމަވެސް ލޯއިންކަމް ބޭފުޅުންނަށް ދައުލަތުން ސަބްސިޑީ ދީގެން އަގުކުޑަކުރުމަށް ވިސްނާކަމަށް މިނިސްޓަރު އަސްލަމް ދެންނެވިކަމަށްވެސް ޔޫނިއަންއިން ބުނެއެވެ. 

އޭގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އަދި އެޗްޑީއެފްސީ މެދުވެރިކޮށް ޕެންޝަންފަންޑް ކޮލަޓްރައިޒްކޮށް 15 އަހަރަށް ބަހާލެވޭގޮތަށް އިންޓީރިއާ ފިނިޝިން އަށް ބޭނުންވާ ލޯން ހަމަޖެހޭނެކަމަށް މިނިސްޓަރު ދެންނެވި ކަމަށާއި، ސޯޝަލް ހައުސިން ބެނެފެޝަރީސްގައި އެންސްޕާ ގައި ރަޖިސްޓްރީވެ ހައުސިން ބެނެފިޓްސް އަށް އެދުމަށް ދެންނެވި، އެގޮތުން ބެނެފިޝަރީސްގެ ދަށުން ސަބްސިޓީ ލިބޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު އަސްލަމް ދެއްވާފައިވާ ކަމަށް ހިޔާ ޔޫނިއަންއިން ބުނެއެވެ. 

އެ ބައްދަލުވުމުގައި ފްލެޓް ތަކުން ކުނި އުކޭނެ ނިޒާމަކަށް ޔޫނިއަންއިން އެދިފައިވާއިރު، އެގޮތަށް ގާބޭޗް ޝޫޓް ގައިމް ކުރުމަށް އެކަން ކުރެވެން އޮތް ގޮތެއް ހޯދައި ގާބޭޗް ޝޫޓް ޤާއިމް ކުރުމަށް މިނިސްޓަރު އެޗްޑީސީ އަށް އެންގެވިކަމަށާއި، މަސައްކަތް އަވަސްކުރެއްވުމަަށް ދެންނެވި ކަމަށްވެސް އެ ޔޫނިއަންއިން ބުނެފައިވެއެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް