އެމްޑަބްލިއުއެސްސީ އިން ބުނީ، މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ފުލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި، މިރޭ 23:00 އިން ފަތިހު 04:00 އަށް ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ.
މިރޭ ފެންކެޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވަނީ، އިއްޒުދީން މަގާއި ހަނދުވަރީ ހިނގުމާއި ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ނެވެ.