ads
އެމަޒޯންގެ ސީއީއޯ ޖެފް ބެޒޯސް
ޖެފް ބެޒޯސް އެމޭޒަންގެ ސީއީއޯ ކަމުން ދުރަށް
އެމޭޒަންގެ ސީއީއޯގެ މަގާމުން ޖެފް ބެރޮސް ދުރަށް ދާނެކަމަށް އޭނާ ބުނެފިއެވެ. އޭނާ މަގާމުން ދުރަށް މިދަނީ ކުންފުނީގެ 27 ވަނަ އަހަރީ ދުވަހާ ދިމާ ކޮށެވެ.

މިހާރު ޖެފްގެ، އުމުރުން 57 އަހަރެވެ. އޭނާގެ މިލްކިއްޔާތުގައި 200 ބިލިއަން ޑޮލަރާއި ގާތްކުރެއެވެ.

އެމޭޒަންއަށް އެންމެ ބޮޑު ފައިދާއެއް ލިބިގެން ގޮސްފައިވަނީ މި އާލަމީ ވަބާ އައުމާއި ގުޅިގެންނެވެ. އެކުންފުނީ ގެ،މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ސޭލްސް، 44 ޕާސެންޓް އޭގެ ކުރީ އަހަރާ އަޅާބަލާއިރު، މައްޗަށް ޖެހިފައިވެއެވެ. އެއީ އެކުންފުނީގެ ސޭލްސް އެންމެ ކުއާޓަރެއް ތެރޭގައި އެހާބޮޑުތަން މައްޗަށް ޖެހެލި ފުރަތަމަ ފަހަރެވެ.

އެމޭޒަންއިން ވަނީ އެކުންފުނީގެ އެކި މަގާމުތަކަށް ފަސްލައްކަ އަށްވުރެ ގިނަމީހުން 2020 ވަނަ އަަހަރު އެކަނިވެސް ނަގާފައެވެ. އަދި އެއަދަދާއެކު އެކުންފުނީގެ މުއައްޒަފުންގެ ޖުމްލަ އަދަދު 1.3 މިލިއަނަށް އަރާފައިވެއެވެ.

your imageއަލަށް އެމޭޒަންގެ ސީއީއޯ ކަމަށް ހަވާލުވާ އޭނަޑީ ޖެސީ

ޖެފް ސީއީއޯގެ މަގާމު ދޫކޮށްލުމުން އެމަގާމާ ހަވާލުވާނީ 24 އަހަރު އެމޭޒަންގެ ވެބް ސާވިސްގެ ސީއީއޯކަމުގައި ހުރި އޭންޑީ ޖަސީއެވެ. އެނާގެ އުމުރަކީ 53 އަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް