ads
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް -- ފޮޓޯ/ ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު މަގާމުން ވަކިކޮށްފި
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަޖީދު އެ މަގާމުން ވަކިކޮށްފި އެވެ.
Advertisement

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު "ސީއެންއެމް" އަށް މިރޭ ވިދާޅުވީ މަޖީދު މަގާމުން ވަކިކުރީ މިއަދު ކަމަށާއި އޭނާ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

މަގާމުން ވަކިކުރިއިރު މަޖީދު ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔަކަށެވެ. 

އަދި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމުގައި ވެސް އޭނާ ގެންދެވީ އިސް ރޯލެއް އަދާކުރައްވަމުންނެވެ


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް