މީ މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލި ތިން ވަނަ ފަހަރުއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު އަދި ޑިސެމްބަރު މަހުވެސް ސަރުކާރުން ވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު މިހާތަނަށް ވަނީ ނުލިބިފައެވެ.
ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝައުގުވެރިވާ ފަރާތުން ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލަން ޖެހެނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން އުފުލުމުގެ އިތުރުން ދިވެހިންނަށްވެސް ދަތުރުފަތުރުގެ ހިދުމަތް ދޭން ޖެހޭނެކަމަށްވެސް ޓްރާންސްޕޯޓުން ކުރި އިއުލާންގައިވެއެވެ.
މި ހިދުމަތުގައި ބޭނުންކުރަން ނިންމާ ހެލިކޮޕްޓަރުތަކަކީ 8 އަހަރުވެފައިނުވާ ހެލިކޮޕްޓަރަށް ވާންޖެހޭނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރީން ބުނެއެވެ. އަދި ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔުއަށް މަދުވެގެން އެއް ހެލިކޮޕްޓަރު ހާއްސަކޮށްފައި އޮންނަންވާނެކަމަށްވެސް މިނިސްޓަރީން ވަނީ ބުނެފައެވެ.
ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށްދޭން ޖެހޭނެކަމަށްވެސް ޓްރާންސްޕޯޓުން ބުނެއެވެ.